Advertisement

ހަ އަހަރު ވަންދެން ޔަމަނުގެ ސަޔާއި އަރަބި ކަރައިގެ ކެއުމުން ދިން "މީރު" ލޯބި!

18 ސެޕްޓެންބަރު 2021 - 06:34 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ހަ އަހަރު ވަންދެން ޔަމަނުގެ ސަޔާއި އަރަބި ކަރައިގެ ކެއުމުން ދިން "މީރު" ލޯބި!

18 ސެޕްޓެންބަރު 2021 - 06:34 0

އެތައް ސަތޭކަ ގަރުނެއްވީ އަރަބި ކަރައިގެ ކެއުންތަކުން އެ ގެނެސްދޭ މީރު ރަހަތަކަކީ، ބަދަލުވަމުން އައި ޒަމާނާ އެކު ތަރައްގީވެ، މިސްރާއި އުތުރު އެފްރިކާ ފަދަ ސަގާފަތްތަކުގެ ނުފޫޒުގައި ވެސް ކޮންމެވެސް ވަރަކަށް ޖެހި، ފުރާ ފުރިހަމަވެގެން މިއަދާ ހަމައަށް އައިސްފައިވާ ރަހަތަކެކެވެ. ބުނެވޭ ގޮތުގައި ވަރަށް ގިނަ އަހަރުތަކެއް ކުރިން ފަތްޕިލާވެލީގެ ބޭހާއި ހަވާދުގައި ބޭނުންކުރާ ބާވަތްތައް ގަތުމަށް ދިވެހިންގެ ވިޔަފާރިވެރިން ޔަމަނުގެ އަދަނަށް ގިނައިން ދަތުރުކޮށް ހެދި އެވެ. އަދަނުގެ ފަރުބަދަމަތީ ވާދީ ތަކުގައި ދިރިއުޅޭ މީހުންގެ ހިތްހެޔޮކަން ދެކުނެވެ. އެމީހުންގެ ސައިފަތާއި ތަރުކާރީގެ ތާޒާކަން، އެމީހުން ތަޖުރިބާކުރި ކަމަށް ވެ އެވެ.

މި ވާހަކައެއް މިގޮތަށް "ތޫމް" އިން ކިޔައިދޭތާ މިހާރު ހަ އަހަރެވެ. އަރަބި ކަރައިގެ ކެއުންތަކާއި ޔަމަނުގެ އަދާނީ ސައި، އޭގެ އަސްލު ގޮތުގައި ދިވެހި އާއިލާތަކުގެ ސުފުރާތަކަށް އެމީހުން އަރުވައިދޭތާ ވެސް ހަ އަހަރު ވެއްޖެ އެވެ.

ރަށްދެބައި މަގުގައި ހުންނަ ތޫމްގެ އާ ރެސްޓޯރަންޓް: ތޫމް އަންނަނީ އަރަބި ރަހަ އަށް ރާއްޖޭގައި އާ މަގްބޫލު ކަމެއް ހޯދައިދެމުން.


އެކަމަކު އަދިވެސް ކިޔައިދޭން އޮތީ، އަރަބި ކެއުމަށް ޒުވާނެއްގެ ހިތުގައި އޮތް ސާފު ލޯތްބަކުން މި "ތޫމް" އެއް ވުޖޫދުވެ، ބަދަލުނުވެ އޮތް ރަހަ އާއި، ހަ އަހަރު ތެރޭގައި އަދިވެސް މި ރެސްޓޯރަންޓެއް އޭގެ އަމިއްލަ ރަހަގަނޑުގައި ކައްކަމުން ފުޅާކުރަމުން ދިވެހިންނަށް މި ކޮށްދޭ ހިދުމަތެއްގެ ކާމިޔާބީގެ ވާހަކަ އެވެ.

"އަހަރުތަކެއް ކުރިން ދިވެހިން ތަޖުރިބާކުރި އެ ރަހަތައް އަނެއްކާވެސް، ހަމަ އެ ތަރުކާރީ އާއި ސައިފަތް ގެނެސްގެން ދިވެހިންނަށް ދޭން ތޫމް މިހާ ދުވަހު މަސައްކަތް މިކުރީ. މިއީ އަސްލު، ޔަމަނުގައި ނުވަތަ ރިއާދުގެ ކެފޭއެއްގައި އިނދެގެން ލިބޭ ރަހަ، އަމިއްލަ ގައުމުގައި އާއިލާއާ އެކު އެއް މޭޒެއްގައި ތިބެގެން ތަޖުރިބާކުރުމުގެ ފުރުސަތު ދިވެހިންނަށް ހޯދައިދިނުން،" އޮތެންޓިކް އަރަބި ރެސްޓޯރެންޓް ވުޖޫދަށް ގެނައުމުގެ ފަހަތުގައި ހުރި ޒުވާން ސިކުނޑީގެ ވެރިޔާ، ހުސައިން އަމްރު ކިޔައިދިނެވެ.

ތޫމް އިން ތައްޔާރުކުރާ އަރަބި ރައިސް އާއި ޝަވަރުމާ ރެޕް


"އެހެންވީމާ، އަދާނީ ސައިގެ ކޯވަރެއްގެ ރަހަ ބަލާލާއިރު ނުވަތަ އެ ގެނެސްދޭ ހުއްމުސް އާއި ޖައްސައިގެން ކާ އިރު އިހުސާސްކޮށްލެވޭނެ އެއީ ތަފާތު، އަސްލު ރަހައެއް ކަން،"

އަދާނީ ސައިގައި ޔަމަނުގެ ހިތްގައިމުކަން

ދެހާސް ސޯޅަ ވަނަ އަހަރު، ހެންވޭރު މަޖީދީ މަގު ކޮޅުގައި މިހާރު ހަތަރު ބުރިއަށް ނަގާފައި އެހުރި ތޫމް އަށް ކުއްލިއަކަށް ބޮޑު ސަމާލުކަމެއް ލިބިގެން ބަރިބަރި އަށް މީހުން ވެއްދީ އެމީހުންގެ މަޝްހޫރު "އަދާނީ ސައި" ގެ މީރު ކަމުންނެވެ. އެއީ ތޫމްގެ ސިގްނޭޗާ ޕްރޮޑަކްޓެވެ. މި ސައެއްގެ ސީކްރެޓް އިންގްރީޑިއަންޓަކީ ޔަމަނުގެ ފަރުބަދަ ވާދީތަކުގައި އެ ހައްދާ ތާޒާ ސައިފަތެވެ.

އެ ސައިފަތުން ދޭ ރަހަ، އަހަރެމެން އާންމުކޮށް މި ބޭނުންކުރާ ސައިފަތާ ތަފާތުވުމަކީ ސައިގެ ކާމިޔާބީގެ އެއް ސިއްރެވެ. މި ކާމިޔާބީއެއް ދަމަހައްޓަނީ ސައި ތައްޔާރުކުރާ އިރު ގެންގުޅޭ "ޔަމަން ވަންތަ" އުކުޅާއި އާޓެވެ.

"ސައި ހާއްސަވާ ދެ ސަބަބެއް އެބަ އޮތް. ފުރަތަމަ ކަމަކަށް ސައިގެ ރަހަ. ދެން ސައި މޭޒަށް އަރުވާ ގޮތާއި ޕްރެޒެންޓޭޝަން،" އަމްރު ކިޔައިދިނެވެ.

އަދާނީ ސައި


ކުޑަ ކުޑަ ކުރައެއްގައި އަރަބި ތީމްގެ އަތްކަން އެޅި ކުދި ޖޯޑު ތަކަކާ އެކު އެ ގެންނަ މީރު ސައި ހަދާ ގޮތެއް މި އާޓިކަލް ގައި ހިމަނާލެވޭކަށް ނެތެވެ. އެކަމަކު ޔަމަނުގެ ސައިފަތުގައި ކައްކާ މި ސައިގައި އިންޑިއާގެ މަސާލާ ޗާއީ އާއި އަޅާ ކިޔާ އިރު ވެސް ތަފާތު ގިނަ ސްޕައިސް ބޭނުންކޮށްފައި ހުރެ އެވެ. ރަހަގަނޑު އެހާ މީރުވަނީ، ކައްކާ ތަރުތީބާއި ވައްޓަފާޅީގެ ވެސް ގޮތުންނެވެ.

"މި ސައި އަސްލު މީރުވަނީ ވަކި ވަގުތަކު ވަކި މިންވަރަކަށް އެއްޗެހި އަޅަމުން ކައްކާ ސަޔަކަށް ވާތީ. އެހެންވީމަ އެންމެ ސްޓެޕެއް މަދުވިޔަސް ނުވަތަ ތަރުތީބު ގެއްލުނަސް ރަހައަށް ބަދަލު އަންނާނެ." އަމްރު ބުންޏެވެ.

ތޫމްގެ ކެއުންތަކުގެ ރަހަ ތަފާތުކޮށް، އަސްލާ އެއްގޮތަށް މިހާ ދުވަހު ހުރި ސަބަބުތައް ގިނަ އެވެ. އެތަނުގެ ކައްކާ އަކީ ޔަމަނުގެ މީހެކެވެ. ކެއްކުމަށް ބޭނުންކުރާ ގިނަ ތަކެއްޗަކީ އަރަބި ކަރައިން ގެންނަ ތަކެއްޗެވެ. އެހެންވީމަ، ސަޕްލައި ނުހުއްޓުވައި ރަހައަށް ބަދަލު ނުގެނެސް ބޮޑު ޕެންޑެމިކަކުން "ތޫމް" ސަލާމަތުން ނިކުތަތީވެ ވެސް ތައުރީފު ހައްގެވެ.

ތޫމް އަށް ގޮސް ރަހަ ބަލާލާލައި ފޮޓޯ ނަގާލަން "ޓޮޕް ފަހެއް"

ބީފް ޝަވަރުމާ


ޝަވަރުމާ ފޭން އަކަށް ވެ ހުރެ، ތޫމް އިން މިއީ ޕާސަނަލް ޕޭވަރިޓް އެވެ. ތޫމްގެ ޝަވަރުމާއެއްގެ ރަހަ ކިޔާއިރު ރެޕްކުރަން ބޭނުންކުރާ ރޮއްޓާއި، ގްރިލްކޮށް ކޮށާފައި އަޅާފައި ހުންނަ މަހާއި ބޭނުންކޮށްފައި ހުންނަ ޕޭސްޓު ވެސް ހިމަނަން ޖެހޭހާ ރަހަ މީރެވެ.

އަރަބިކް މަންދީ ޗިކަން


ޔަމަނުން އޮރިޖިނޭޓްވެގެން އައި މި ޗިކަން އަކީ ވެސް މަސާލާ ރަހަ ގަދަ، ތަފާތު މީރު ކެއުމެކެވެ. މި ކެއުންތަކުގެ އެންމެ ހާއްސަ ކަމަކީ މީގައި ބޭނުންކުރާ ގިނަ އަދަދެއްގެ ސްޕައިސް އެވެ.

ކަރާޗީ ބިރިޔާނީ (ޕާކިސްތާނީ)


ތޫމްގެ ކަރާޗީ ބިރިޔާނީ އަކީ އިންޑިއާ އާއި ލަންކާ ބިރިޔާނީ އަށް ވުރެ ތަފާތު، އަރަބިންގެ ރަހަގަނޑު ބޮޑަށް ހުންނަ ތަންކޮޅެއް ލުއި މީރު ރަހައެއް ހުންނަ ތަފާތު ބިރިޔާނީއެކެވެ. ތޫމް އަށް ގޮސްލައި ކާލަން އެންމެ ރަނގަޅު އެއް ކެއުމަށް މި ވެސް ވާނެ އެވެ.

އަރަބިކް ގްރިލްޑް ޝަވާޔާ ޗިކަން

ގްރިލް އަށް ލުމުގެ ކުރިން އެކި ބާވަތުގެ ސްޕައިސް އިން މެރިނޭޓް ކޮށްގެން ތައްޔާރުކުރާ މި ޗިކަން އަކީ އަރަބިންގެ މެދުގައި ވެސް އެންމެ މަގުބޫލު އެއް ކެއުމެވެ. ތޫމް ގެ މި ޗިކަން އަކީ އަރަބި ރަހަތައް ދަންނަ، އަރަބި ގައުމުތަކުން ކިޔަވައިގެން އަންނަ މީހުންގެ މެދުގައި ވެސް "ލައިކް" އެކެވެ.

އަފްގާން ނާން


އަފްގާން ނާން އަކާ އެކު ހުއްމުސް ގެ މީރު ރަހައިގެ ތެރެއަށް ގެނބިގެން ނޫން ގޮތަކަށް ތޫމް ގެ ޕްލޭން ރާވާނެ ވެސް ކަމެއް ނެތެވެ. އަފްގާން ކެއުންތަކަކީ މެޑިޓަރޭނިއަނުން މެދު އިރުމައްޗާ ހަމައަށް ވެސް އޭގެ މީރު ކަމަށް މަޝްހޫރު ކެއުންތަކެކެވެ. އެހެންކަމުން އަފްގާންގެ މި މީރު ރަހަ އެންމެ ފަސޭހައިން ބަލައިލަން އޮތް އެންމެ ގާތް، އެންމެ ފަސޭހަ އޮޕްޝަނަކީ ތޫމް އެވެ.