Advertisement

މި އަހަރު ވެސް އާޝާގެ އުފަން ދުވަހު އާ ލަވައެއް!

14 ސެޕްޓެންބަރު 2021 - 05:44 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

"ޝިކާރަ" ލަވައިގެ ޕޯސްޓަރުގައި އާޝާ އަދި ކާކުކަން ހާމަކޮށްފައި ނުވާ ފިރިހެން އެކްޓަރު -- ފޮޓޯ:އިންސްޓަގްރާމް


މި އަހަރު ވެސް އާޝާގެ އުފަން ދުވަހު އާ ލަވައެއް!

14 ސެޕްޓެންބަރު 2021 - 05:44 0

ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ޒުވާން ތަރި އާމިނަތު ރަޝްފާ (އާޝާ) މުޅީން އާ ލަވައެއް ނެރުމަށް ތައްޔާރުވެއްޖެ އެވެ. މިފަހަރުގެ ލަވައަކީވެސް އޭނާގެ އުފަން ދުވަހަށް ހާއްސަކޮށް އަމިއްލަ އަށް ޕްރޮޑިއުސްކޮށްފައިވާ ލަވައެކެވެ.

ލަވައިގެ ޕޯސްޓަރެއް މިހާރު އިންސްޓަގްރާމްގައި އާޝާ ވަނީ ހިއްސާ ކޮށްފަ އެވެ. ޕޯސްޓަރުގައި އާޝާ ފެނިގެން ދާއިރު، އޭނާއާއެކީ ދެން ލަވައިގައި ފެނިގެންދާ ފިރިހެން ފަންނާނުވެސް ހިމެނެ އެވެ. ނަމަވެސް ފުރަގަހަށް ހުއްޓިގެން ހުރުމުން އެއީ ކޮން ފަންނާނެއްކަން ޔަގީނެއް ނުވެ އެވެ. އާޝާ ބުނާ ގޮތުން މި ލަވައިގެ އެންމެ ސަސްޕެންސްއަކީ އެއީ އެވެ.

އަމިއްލަ ރާގުގެ މި ލަވަ ކިޔާފައި ވަނީ ޝަލަބީ އާއި އަޝްފާ އެވެ.

ޓިކްޓޮކް އިން މަގުބޫލުކަމެއް ހޯދި އާޝާ އެންމެ ފުރަތަމަ ފެނިގެން ދިޔައީ ޑާކްރެއިން އެންޓަޓެއިންމަންޓް އިން ނެރުނު ގޮށްރާޅު ފިލްމުންނެވެ.

މިދިޔަ އަހަރުވެސް އާޝާގެ އުފަން ދުވަހާއި ދިމާކޮށް ސެޕްޓެމްބަރު 16 ގައި އޭނާވަނީ "ގުނަމުން މިދާ" ގެ ނަމުގައި އަމިއްލަ ވީޑިއޯ ލަވައެއް ނެރެފަ އެވެ.

މި ލަވައަކީ ފެޝަން ޑިޒައިނާ އަދި މޭކަޕް އާޓިސްޓް ސޭންޑީގެ ފުރަތަމަ ޑައިރެކްޝަން ވެސް މެއެވެ.