Advertisement

ހޮލީވުޑްގެ އެންމެ މޮޅު ތަރިން މިތިބީ "ޑޯންޓް ލުކް އަޕް" ގައި

11 ސެޕްޓެންބަރު 2021 - 08:12 0


ހޮލީވުޑްގެ އެންމެ މޮޅު ތަރިން މިތިބީ "ޑޯންޓް ލުކް އަޕް" ގައި

11 ސެޕްޓެންބަރު 2021 - 08:12 0

ހޮލީވުޑްގެ އެންމެ ހުނަރުވެރި ތަރިންގެ ތެރޭގައި ހިމެނޭ، މެރީލް ސްޓްރީޕް އާއި ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ޖެނިފާ ލޮރެންސް އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ގްރާންޑޭ ފަދަ ތަރިން އެއްކޮށް ފެންނަ "ޑޯންޓް ލުކް އަޕް" ގެ ފުރަތަމަ ޓީޒާ އަށް ބޮޑު ސަމާލު ކަމެއް ލިބިއްޖެ އެވެ.

މާސިންގާ ގިނިހިލައެއް ވެއްޓެން އަންނާތީ، އެކަން ދުނިޔެއަށް ހާމަކުރަން ދެ އެސްޓްރޮނޮމާއަކާ ހަވާލުކުރާ ހިސާބުން ވާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ކުރިން މި ބުނި ތަރިންގެ އިތުރަށް ކޭޓް ބްލެންޗެޓް އާއި ޓިމޮތީ ޝަލަމެޓް، ޖޯން ހިލް ފަދަ ތަރިން ވެސް ހިމެނެ އެވެ. ކްރިސް އެވަންސް ވެސް ފިލްމުގެ ސީންއަކުން ފެންނާނެ އެވެ.

އެޑަމް މިކޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ތިއޭޓަރު ތަކަށް ރިލީޒްކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު 10 ގަ އެވެ. އަދި ކްރިސްޓްމަސް އާ ދިމާކޮށް ނެޓްފްލިކްސް އިން ވެސް ދައްކަން ވަނީ ހަމަޖެހިފަ އެވެ.

މިކޭ ޑައިރެކްޓްކޮށްފައިވާ އެހެން ފިލުމްތަކުގެ ތެރޭގައި 'ދަ އަދާ ގައިސް'، 'ވައިސް'. އަދި 'ދަ ބިގް ޝޯޓް' ހިމެނެ އެވެ.