Advertisement

ކާމިޔާބު މީހުންގެ ބެޑް ޓައިމް ރޫޓިން އިން ހަ ކަމެއް!

11 ސެޕްޓެންބަރު 2021 - 09:55 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


ކާމިޔާބު މީހުންގެ ބެޑް ޓައިމް ރޫޓިން އިން ހަ ކަމެއް!

11 ސެޕްޓެންބަރު 2021 - 09:55 0

ކާމިޔާބު މީހަކަށް ވުމަކީ އެންމެ ދުވަހަކުން ވާނެ ކަމެއް ނޫނެވެ. ދުނިޔޭގެ ކޮންމެ ދިމާލަކުންވެސް ފާހަގަކޮށްލެވޭ ނަން މަޝްހޫރު ކޮންމެ މީހެއްގެ ދިރިއުޅުމަށް ބަލާލިޔަސް މިކަން އެނގި ހާމަވެ އެވެ. މިގޮތުން ބަލާއިރު އެ ދުވަހަކީ އުފެއްދުންތެރި ދުވަހަަކަށް ހެދުމަށްޓަކައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ އެއްކަމަކީ އެމީހެއްގެ ނިދުމާއި ހޭލުމެވެ. މި ހިމަނާލަނީ ކާމިޔާބު މީހުންގެ ތާވަލުން އަހަރެމެން ދެނެގަންނަވި ހާއްސަ ހަ ކަމެކެވެ.

ނިދުމަށް ހާއްސަ ވަގުތެއް

ކުރިއަށް އޮތް ދުވަހަކީ އެ މީހަކު ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކާމިޔާބުކަމާއި އެކީ ކޮށް ނިންމާލެވޭނެ ފަދަ ދުވަހަކަށް ހެދުމަށްޓަކައި އެންމެ މުހިންމީ ރަނގަޅު ނިދާ ގަޑިއެއް ކޮންމެ ދުވަހަކަށް ވެސް ހަމަޖެއްސުމެވެ. މިގޮތުން "ވަޓް ދަ މޯސްޓް ސަކްސެސްފުލް ޕީޕަލް ޑޫ ބިފޯ ބްރޭކްފާސްޓް" ފޮތް ލިޔުނު ވަގުތު މެނޭޖް ކުރުމުގެ ތަޖުރިބާކާރެއް ކަމުގައިވާ ލައުރާ ވެންޑާކަމް ވިދާޅުވާ ގޮތުގައި ކޮންމެ ރެއަކުވެސް ނިދާ ގަޑި ހަމަޖައްސާފައި އޮތުމަކީ މާ ލަސްވަންދެން ހޭލާ އުޅުމާއި އަނެއް ދުވަހު ޖައްސާލާނެ ވަގުތެއްގެ އިންތިޒާރުގައި ހުންނަންޖެހޭ ހުރުމުން ތިމާ ދުރުކޮށްދޭނޭ ކަމެކެވެ.

ބެޑް ޓައިމް އެލާމް

ފަހަރެއްގައި ތަން ކޮޅެއް 'ޖޯކު' ކަމެއްހެން ހީވެދާނެ އެވެ. އެހެން ނަމަވެސް ކޮންމެ ކަމެއްވެސް ވަކި ގަޑިތަކެއްގައި ކުރާހެން އެ މީހަކު ނިދުމަށް އެންމެ ރަނގަޅު ގަޑި އަމިއްލަ އަށް ފާހަގަވުމުން ދެން ކުރަންޖެހޭ ކަމަކީ އެ ގަޑިއަކަށް އެލާމް ކުރުމެވެ. އަހަރެމެންގެ އާންމު އާދަކާދައިގައި އެކި ދުވަސްތަކުގައި އެކި ކަންކަމުގައި އަވަދިނެތި އުޅޭއިރު، އެލާމެއް ކަނޑައެޅުމުން އެގޮތަކަށް އަމަލުކުރަން އިތުރު ބާރަކަށް ވެގެންދާނެ އެވެ. ޖެހިގެން އަންނަ ދުވަހު ހަނދާން ނެތި މާ ލަހުން ނިދުނީ އޭ ބުނެ ދައްކާނެ ބަހަނާއެއްވެސް އޭރަކުން ނޯންނާނެ އެވެ.

ރިއަލިސްޓިކް ވޭކްއަޕް ޓައިމް

ލައުރާ ބުނާ ގޮތުން ކާމިޔާބު މީހުން އެންމެ ވެލިއު ކުރާ އެކައްޗަކީ އެ މީހެއްގެ ނިދުމުގެ ކޮލިޓީ އެވެ. ހެނދުނު ހޭލަން އެލާމް ކުރުމަށްފަހު ދެތިން ހަތަރު ފަހަރު ސްނޫޒަށް ފިއްތައި ވަގުތު ބޭކާރުކުރުން ނޫން އެހެން ކަމެއް ނުވާނެ އެވެ. އެލާމުގެ އަޑާއި ހެދި ނިދޭނީީކީއެއް ނޫނެވެ. ނޫނީ އެލާމް ވާތީ ގަޑި ޖެހުނީކަން ދަނެ ލޯ ހުޅުވާނީކީއެއްވެސް ނޫނެވެ. އެހެންކަމުން ތިމާ ކޮންމެހެންވެސް ހޭލަންޖެހޭ ގަޑިއަށް ހެދުނުގެ އެލާމް ކުރުމަކީ އެދުވަހުގެ ފެށުން ރަނގަޅުކުރުމަށްޓަކައި ނިދުމުގެ ކުރިން ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

ފޯނާއި ޓީވީ އާއި ދުރުވާންޖެހޭ

ހަމަގައިމުވެސް އަހަރެމެންގެ ތެރޭގައި އެންމެ ގޯސްކޮށް ކުރެވޭ އެއްކަމަކީ ނިދަން އޮށޯވެފައިވެސް ފޭސް ބުކް ފީޑް ބަލާލުމެވެ. ހަފްތާ ބަންދެއްނަމަ ކޮންމެވެސް މޮޅު ފިލްމެއް ބަލާލުމެވެ. ނިދަން ވެގެން އޮށޯވެ ގޭމް ކުޅޭ މީހުންވެސް ވަކި މަދެއް ނޫނެވެ. ތަޖުރިބާކާރުން ބުނާގޮތުން މިއީ ވަރަށް ގޯސް އާދަ އެކެެވެ. މަދުވެގެން ނިދުމުގެ އެއްގަޑިއިރު ކުރިން ފޯނާއި ޓީވީ ސްކްރީންތަކާއި ދުރުވެ ސިކުނޑި އަންޕްލަގް ކުރުމަށް ފުރުސަތު ދޭން ޖެހެ އެވެ.

ކުރިއަށް އޮތް ދުވަސް ރާވާލާ

ކާމިޔާބު މީހެއްގެ ހަޔާތުގެ އެންމެ ބޮޑު ސިއްރަކީ ދުރާލާ ކަންކަން ރޭވި ތާވަލުކުރެވިފައި ވުމެވެ. މިގޮތުން ކާމިޔާބު މީހުންގެ ބެޑް ޓައިމް ރޫޓިން އިން ހަނދާނުގައި ބަހައްޓަންވީ އަނެއްކަމަކީ މިއީ އެވެ. ނިދުމުގެ ކުރިން މާދަމާ ތިމާ ކުރަންޖެހޭ ކަންކަން ނޯޓުކޮށްފައި ބެހެއްޓުމެވެ. އަދި ކުރިއަށް އޮތް ދުވަސް ދާނެ ގޮތް ސިކުނޑީގައި ރާވާލުމެވެ. މިފަދައިން އަމަލުކުރާނަމަ ކުރަންހުރި ކަންތައް ގިނަވެ ބޯ ހާސްވުމުން ސަލާމަތްވެ ހަފްތާއެއްގެ މައްޗަށް އެތަށް ގަޑިއިރުތަކެއް ސަލާމަތްވާނެ އެވެ.

ހެނދުނު ކަންކަންކުރާ ތަރުތީބުވެސް މުހިންމު

ކޮންމެ ދުވަހެއްގެވެސް ނިދާ ގަޑިއާއި ހޭލާ ގަޑި އަދި ކަނޑައެޅުމަކުން ނިމުނީކީ އެއް ނޫނެވެ. ހެނދުނު ހެނދުނާ ކުރަން ގަސްތުކުރާ ކަމެއްވެސް ހަމަޖެހިފައި އޮތުން މުހިންމެވެ. މިގޮތުން ފެންވެރުމާ ހިސާބުން ގޮސް ނާސްތާ އާއި އެމީހަކު ލާނެ ހެދުމެއްވެސް ކުރީބައިގައި ކަނޑައެޅި ތައްޔާރުވެފައި ވުމަކީ އެދުވަހު، ފަހު މިނިޓުގައި ކަންކަން ނުވެގެން ތެޅިފޮޅެން ޖެހުމުން ދުރުކޮށްދޭނޭ ކަމެކެވެ. އަދި ވީހާވެސް ހަމަޖެހިގެން އެމީހެއްގެ މަސައްކަތައިގެން ކުރިއަށް ދެވޭނެ ކަމެއްވެސްމެ އެވެ.

ހަމަގައިމުވެސް ނުކުރެވޭނޭ އެއްވެސް ކަމެއް ނެތްތާ އެވެ. މުޅިންވެސް ތިމާގެ ސްމާޓް ފޯނުންވެސް ކޮށްލެވޭހާ ފަސޭހަ ކުދިކުދި ކަންކަމެވެ. ތަފާތެއް ފެނޭތޯ އަޖުމަ ބަލާލަމާ ހިނގާށެވެ.