Advertisement

18 އަހަރުން ދަށުގެ ކުއްޖަކު ބަލިވެއިން މައްސަލައެއް ބަލަނީ

9 ސެޕްޓެންބަރު 2021 - 13:19 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޖިންސީ ގޯނާ އާއި ރޭޕްގެ މާޔޫސްކަން ދައްކުވައިދޭ ފޮޓޯއެއް.


18 އަހަރުން ދަށުގެ ކުއްޖަކު ބަލިވެއިން މައްސަލައެއް ބަލަނީ

9 ސެޕްޓެންބަރު 2021 - 13:19 1

އުމުރުން 18 އަހަރު ނުވާ ކުއްޖަކު ބަލިވެއިން މައްސަލައެއް ޖެންޑާއިން ބަލަން ފަށައިފި އެވެ.

ޖެންޑާއިން ބުނީ އެކަން ރިޕޯޓުކޮށްފައި ވަނީ އިއްޔެ ހަވީރު ކަމަށެވެ. އަދި އެ މައްސަލައިގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެކަމުގައި ދެން ޝާމިލް ވަނީ ވެސް 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ ދެކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުންދާ ކަމަށް ޖެންޑާއިން ބުނެ އެވެ. އަދި އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށާއި އެ ކުދިންގެ އާއިލާއަށް ބޭނުންވާ ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މިދިޔަ އަހަރު ވަނީ މިފަދަ ގިނަ މައްސަލަތަކެއް ފެންމަތިވެފަ އެވެ. އެގޮތުން ޖެނުއަރީ މަހު އުމުރުން 15 ވަރަކަށް އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާކޮށް ބަލިވެ ބޭންދި މައްސަލަ އެ މިނިސްޓްރީން ބެލި އެވެ.

އަދި މިދިޔަ އަހަރުގެ ޖުލައި މަހު، ނުކުޅެދުންތެރިކަން ހުރި ކުޑަ ކުއްޖަކު ރޭޕްކޮށް، ބަލިވެ ބޭންދި މައްސަލައެއްގައި މީހަކުވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.