Advertisement

އިންޑޮނީޝިއާގެ ޖަލެއްގައި ރޯވެ 41 މީހުން މަރުވެއްޖެ

8 ސެޕްޓެންބަރު 2021 - 10:34 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޖަލުގައި ރޯވުމުން މަރުވި މީހެއްގެ އާއިލާއިން ހިތާމަކުރަނީ.-- ފޮޓޯ: އޭއެފްޕީ


އިންޑޮނީޝިއާގެ ޖަލެއްގައި ރޯވެ 41 މީހުން މަރުވެއްޖެ

8 ސެޕްޓެންބަރު 2021 - 10:34 0

ޖަކާޓާ، އިންޑޮނީޝިއާ (ސެޕްޓެމްބަރު 8) - އިންޑޮނީޝިއާގެ ޖާވާ އައިލެންޑުގައި ހުންނަ ޖަލެއްގައި އަލިފާން ރޯވެ 41 މީހުން މަރުވެއްޖެ އެވެ.

ޓަންގެރަންގް ޕެނިޓެންޝަރީގައި އަލިފާން ރޯވީ ރޭ ދަންވަރު ގިނަ ގައިދީން ނިދާފައި ތިބި ވަގުތެއްގަ އެވެ. އަލިފާންގަނޑު ނިއްވާލެވުނީ ދަންވަރު 03:00 ހާއިރު އެވެ.

އަލިފާން ރޯވެފައި ވަނީ ޖަލުގެ އެއް ބްލޮކްގަ އެވެ. އެ ތަނުގައި ގިނައިން ތިބީ މަސްތުވާތަކެތީގެ ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުންނެވެ.

"އަލިފާނާ ގުޅިގެން 41 ގައިދީން މަރުވެ، އަށް ގައިދީންނަށް ބޮޑެތި ޒަހަމްތައް ލިބުނު. އިތުރު 72 ގައިދީންނަށް ކުދި ޒަހަމްތައް ލިބުނު،" ޖަކާޓާ ފުލުހުންގެ ޗީފް ފާދިލް އިމްރާން ވިދާޅުވި އެވެ.

ބޮޑެތި އަނިޔާތައް ލިބިފައިވާ މީހުންނަށް ފަރުވާދެމުން ދަނީ ޓަންގެރަންގްގެ ހޮސްޕިޓަލުތަކުގަ އެވެ. ދެން ތިބި މީހުންނަށް ފަރުވާ ކުރަނީ ހެލްތު ކްލިނިކެއްގަ އެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބާ ގުޅޭ ތަހުގީގު ފަށާފައި ވާއިރު، ބެލެވޭ ގޮތުގައި އެކަން ދިމާވީ ކަރަންޓު މައްސަލައެއް ދިމާވެގެންނެވެ.

"އަޅުގަނޑު ސީން ބަލައިފިން. މިހާތަނަށް ބެލެވޭ ގޮތުގައި އަލިފާން ރޯވީ ޝޯޓް ސާކިޓެއް ދިމާވެގެން،" އިމްރާން ވިދާޅުވި އެވެ.