Advertisement

ކަޅު ފައިސާ އާއި ޓެރަރިޒަމް ފައިނޭންސިން މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއްގައި އޮސްޓްރޭލިއާއާއެކު ސޮއިކޮށްފި

6 ސެޕްޓެންބަރު 2021 - 14:47 0

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ: ފައިނޭންޝަން އިންޓެލިޖެންސް ޔުނިޓަކީ އެމްއެމްއޭގެ ދަށުން އޮންނަ މިނިވަން އިދާރާއެއް. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ކަޅު ފައިސާ އާއި ޓެރަރިޒަމް ފައިނޭންސިން މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއްގައި އޮސްޓްރޭލިއާއާއެކު ސޮއިކޮށްފި

6 ސެޕްޓެންބަރު 2021 - 14:47 0

ކަޅު ފައިސާ އާއި ޓެރަރިޒަމް ފައިނޭންސިން ހުއްޓުވުމާ ގުޅޭ އެއްބަސްވުމެއްގައި، އޮސްޓްރޭލިއަން ޓްރާންސެކްޝަން ރިޕޯޓްސް އެންޑް އެނަލިސިސް ސެންޓަރާއެކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއިޔޫ) އިން ސޮއިކޮށްފި އެވެ.

ހުސްވި އޮގަސްޓު މަހުގެ 15 ގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ފައިނޭންސިން ހުއްޓުވަން ރާއްޖެ އާއި އޮސްޓްރޭލިއާގެ އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރާނެ އެވެ. އަދި މާލީ ކުށެއް ހިނގާ ކަމަށް ފާހަގަކުރެވޭ ހާލަތްތަކުގައި އެ މައުލޫމާތު ވެސް ދެ ގައުމުގެ މެދުގައި ހިއްސާކުރާނެ އެވެ.

އޮސްޓްރެކްއަކީ މާލީ ނިޒާމުގެ ތެރެއިން ރޭވިގެން ހިންގާ ޖިނާއި ކުށްތައް ދެނެގަނެ، އެކަން ހުއްޓުވާ، ކުށްވެރިވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ އޮސްޓްރޭލިއާގެ ގައުމީ އިދާރާއެކެވެ.

މި އެއްބަސްވުމާ ގުޅިގެން ރާއްޖެއިން އޮސްޓްރޭލިއާއަށް ކަނޑައަޅާފައި ހުންނަ ހައިކޮމިޝަނަރު އުމަރު އަބްދުލް ރައްޒާކް ވިދާޅުވީ، މިއީ ޓްރާންސްނޭޝަނަލް (ގިނަ ގައުމުތަކެއް ހިމެނޭ ގޮތަށް ހިންގާ) ކުށްތައް ހުއްޓުވަން ކުރާ މަސައްކަތުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

ހަމަ މި މޭރުމުން އޮސްޓްރޭލިއާ ހައި ކޮމިޝަނަރު ޑޭވިޑް ހޮލީ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އެއްބަސްވުމުގެ ސަބަބުން ޕޮލިސިން އާއި ސެކިއުރިޓީ އަދި ޑިފެންސްގެ ދާއިރާއިން ގުޅިގެން އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް ދެ ގައުމުން ގުޅިގެން މިހާރު ވެސް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރި އެފްއައިޔޫއަކީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ދަށުން ކަޅު ފައިސާ އާއި، ޓެރަރިޒަމާއި، ކުށްކޮށްގެން ހޯދާ ފައިސާއާ ގުޅޭ މައުލޫމާތު ދެނެގަނެ، ކަމާބެހޭ އިދާރާތަކަށް ފޮނުވުމުގެ ޒިންމާ މަތިކުރެވިފައިވާ އިދާރާ އެވެ. އެމްއެމްއޭގެ ދަށުން އޮތް ނަމަވެސް، މިނިވަންކަމާއެކީ އެފްއައިޔޫއިން މަސައްކަތްކުރުމުގެ ބާރު ގާނޫނުން ލިބެ އެވެ.