Advertisement

ނަޝީދުގެ ވާހަކަތައް އަދާލަތު ޕާޓީން ދޮގުކޮށްފި

5 ސެޕްޓެންބަރު 2021 - 15:39 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ރައީސް ނަޝީދު (ވ) އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާ އެކު.


ނަޝީދުގެ ވާހަކަތައް އަދާލަތު ޕާޓީން ދޮގުކޮށްފި

5 ސެޕްޓެންބަރު 2021 - 15:39 0

ރާއްޖޭގެ ވެެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އަދާލަތު ޕާޓީން އެއްބަސްވި ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަތައް އެ ޕާޓީން ދޮގުކޮށްފި އެވެ.

މޭ 6 ގައި ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަދައްކަަވަމުން އެމަނިކުފާނު ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަން އުފެއްދުމުގެ މަޝްވަރާގެ ތެރެއިން، ނިޒާމު ބަދަލުކުރަން ވޯޓަކަށް ދިއުމަށް އަދާލަތާއި އެމްއާރްއެމް އިން އެއްބަސްވި ކަމަށެވެ. އެ ވާހަކަތައް އެމްއާރްއެމް އިން ވެސް ވަނީ ދޮގުކޮށްފަ އެވެ.

އަދާލަތު ޕާޓީގެ ސްޕޯކްސްޕާސަން އަލީ ނަޒީރު "އަދަދު" އަށް ވިދާޅުވީ އަދާލަތު ޕާޓީން އެއްވެސް އިރެއްގައި އެފަދަ އެއްބަސްވުމެއް ވެފައި ނުވާނޭ ކަމަށެވެ.

"އަޅުގަނޑަށް ދެންނެވޭނީ ޕާޓީގެ ސްޓޭންޑް މިކަމުގައި. އިތުރު ބޭފުޅަކަށް ރައްދުކޮށް ވާހަކައެއް ނުދެއްކޭނެ، އެކަމަކު އަދާލަތު ޕާޓީން އެގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރާ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެއްބަސްވެފައެއް ނުވާނެ އިނގޭތޯ،" ނަޒީރު ވިދާޅުވި އެވެ.

ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރު ނަގާނޭ ކަމަށްވެސް މިއަދު ވިދާޅުވެފަ އެވެ. ނަޝީދަކީ ބަރުލަމާނީ ނިޒާމަށް އިންތިހާއަށް ސަޕޯޓްކުރައްވާ ބޭފުޅެކެވެ. އަދި ރާއްޖެއާ އެންމެ ގުޅޭނެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ވިދާޅުވެ އެމަނިކުފާނާއި އެމަނިކުފާނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް އަންނަނީ އެކަމަށް ވަކާލާތުކުރަމުންނެވެ. ބަރުލަމާނީ ނިޒާމު ގެނައުމުގެ މަސައްކަތުގައި މިހާރު އަންނަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ.