Advertisement

މެލޭޝިއާގެ ކޮވިޑް ރިކަވަރީ ކައުންސިލުގެ ވެރިޔަކަށް އިސްތިއުފާ ދެއްވި ބޮޑުވަޒީރު ހަމަޖައްސައިފި

5 ސެޕްޓެންބަރު 2021 - 05:33 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު މުހްޔިއްދީން ޔާސީން.


މެލޭޝިއާގެ ކޮވިޑް ރިކަވަރީ ކައުންސިލުގެ ވެރިޔަކަށް އިސްތިއުފާ ދެއްވި ބޮޑުވަޒީރު ހަމަޖައްސައިފި

5 ސެޕްޓެންބަރު 2021 - 05:33 0

ކުއަލަ ލަމްޕޫރު، މެލޭޝިއާ (ސެޕްޓެމްބަރު 4) - ކޮވިޑާ ގުޅިގެން އުފެދިފައިވާ ހާލަތުން އަރައިގަތުމަށް މެލޭޝިއާގައި އުފައްދާފައިވާ "ރިކަވަރީ ކައުންސިލް"ގެ ވެރިޔަކަށް ކުރީގެ ބޮޑުވަޒީރު ހަމަޖައްސައިފި އެވެ.

މުހްޔިއްދީން ޔާސީން އެ މަގާމަށް ހަމަޖައްސާފައި ވަނީ މިދިޔަ މަހު ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. އޭނާ އިސްތިއުފާ ދެއްވީ އިދިކޮޅުގެ ޕްރެޝަރު ބޮޑުވެ، ގޮތް ހުސްވުމުންނެވެ.

ޔާސީންގެ ސަރުކާރަށް އަމާޒުވި އެންމެ ބޮޑު ފާޑުކިޔުމަކީ ހަރުކަށި ފިޔަވަޅުތައް އަޅައިގެން ވެސް ކޮވިޑް ބަލިމަޑުކަން ކޮންޓްރޯލް ނުކުރެވުމުން އަމާޒުވި ފާޑުކިޔުމެވެ.

ނަމަވެސް ކޮވިޑާ ގުޅޭ މަސައްކަތް ކުރާ ކައުންސިލްގެ ވެރިޔަކަށް އޭނާ ހަމަޖައްސާފައި ވަނީ އާ ސަރުކާރުގެ ކެބިނެޓުންނެވެ. ސަރުކާރުގެ ޗީފް ސެކެޓްރީ މުހައްމަދު ޒުކީ އަލީ ވިދާޅުވި ކޮވިޑް ރިކަވަރީ ކައުންސިލްގެ ޗެއާމަން ކަމަށް ޔާސީން ހަމަޖައްސާފައިވާ ކަމަށެވެ.

ސަތާރަ މަސް ދުވަހު ވެރިކަން ކުރެއްވި "ޔާސީންގެ ލީޑާޝިޕްގެ ދަށުން އިގްތިސާދީ އަޑިގަޑުން އަރައިގަނެ، ރައްޔިތުންގެ ދިރިއުޅުން އާއްމު ހާލަތަށް ރުޖޫއަ ކުރާނެ" ކަމަށް އަލީ ވިދާޅުވި އެވެ.

މެލެޝިއާއިން މިހާތަނަށް ކޮވިޑުގެ 1.8 މިލިއަން ކޭސް ފެނިފައި ވާއިރު، ފަހަކަށް އައިސް ކޮންމެ ދުވަހަކު ވެސް 20،000 ކޭސް ދަނީ ފެންނަމުންނެވެ. އަދި ދުވާލެއްގެ މައްޗަށް މަރުވާ އަދަދު ވެސް އުޅެނީ ސަތޭކައިން މަތީގަ އެވެ.