Advertisement

ޑެލްޓާ ވޭރިއެންޓުން ކުދިންނަށް ކުރާ އަސަރު ބޮޑެއް ނުވޭ: ދިރާސާ

5 ސެޕްޓެންބަރު 2021 - 06:05 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތުއްތު ކުއްޖަކު ކޮވިޑަށް ޓެސްޓްކުރަނީ. -- ފޮޓޯ: އޭއެފްޕީ


ޑެލްޓާ ވޭރިއެންޓުން ކުދިންނަށް ކުރާ އަސަރު ބޮޑެއް ނުވޭ: ދިރާސާ

5 ސެޕްޓެންބަރު 2021 - 06:05 0

ވޮޝިންޓަން، އެމެރިކާ (ސެޕްޓެމްބަރު 4) - ކޮވިޑް ފަތުރާ ވައިރަހުގެ ޑެލްޓާ ވޭރިއެންޓުން ކުޑަކުދިންނަށް ބަލި ޖެހުމުން ކުރާ އަސަރު ބޮޑުނުވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގެ ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ދިރާސާއިން ދެއްކި ގޮތުގައި ޑެލްޓާ ވޭރިއެންޓުން ބަލިވާ ކުދިންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދޭން ގިނައިން ޖެހެނީ ވެކްސިން ނުޖަހާ ތިބި ކުދިންނަށެވެ.

ވެކްސިން ޖަހާފައި ތިބި ކުދިންނަށް ވުރެ ނުޖަހައި ތިބި ކުދިން ހޮސްޕިޓަލަށް ގެންދަން ޖެހުމުގެ ފުރުސަތު 10 ގުނަ އިތުރެވެ. އެ ދިރާސާ އަށް ބަލާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުން މި އަހަރުގެ އޯގަސްޓު 14 އާ ހަމައަށް އެމެރިކާގެ ބައެއް ހޮސްޕިޓަލްތަކުން ލިބެން ހުރި ޑޭޓާ އެވެ.

ކުރިން ހަދާފައިވާ ދިރާސާތައް ފަދައިން މި ދިރާސާ އިން ވެސް ދެއްކި ގޮތުގައި ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަވަނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން އަދި ހަތަރު އަހަރުން ދަށުގެ ކުދިންނެވެ.

ޑެލްޓާ ވޭރިއެންޓު ފެތުރެން ފެށުމުގެ ކުރިންނާއި އޭގެ ފަހުން ކުޑަކުދިން އެޑްމިޓު ކުރަން ޖެހޭ މިންވަރަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.

ދިރާސާއިން ހޯދުނު އެންމެ މުހިއްމު މައުލޫމާތަކީ ކޮވިޑާ ދެކޮޅަށް ކުޑަކުދިންނަށް ވެސް ވެކްސިން ދިނުމުގެ މުހިއްމު ކަމެވެ. އެއީ ވެކްސިން ނުޖަހާ ކުދިންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުން އިތުރު ކަމަށް ދައްކާތީ އެވެ.