Advertisement

އުޑުމަތީގައި މިއަދު "ހޭލޯ ފިނޯމިނާ" އެއް!

3 ސެޕްޓެންބަރު 2021 - 15:42 3

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

މިއަދު ރާއްޖެއަށް ފެނުނު ހޭލޯ: ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޭލޯ ފެނިފައިވާ ކަމަށް މެޓް އޮފީހުން ބުނޭ -- ފޮޓޯ:


އުޑުމަތީގައި މިއަދު "ހޭލޯ ފިނޯމިނާ" އެއް!

3 ސެޕްޓެންބަރު 2021 - 15:42 3

މަދުން ނޫނީ ފާހަގަ ނުކުރެވޭ "ހޭލޯ ފިނޯމިނާ" އެއް މިއަދު އުޑުމަތިން ފެނިއްޖެ އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މައުލޫމާތުދޭ ގޮތުގައި ހޭލޯ ފިނޯމިނާއަކީ އުޑުގެ އެންމެ މަތީ ފަށަލައިގައި އުފެދޭ ސިރޯސްޓްރޭޓަސް ފަދަ ވިލާގައި ހުންނަ ގަނޑުފެނުގެ ކުރިކީލަތަކުގެ ތެރެއިން، އަލި ރިފެރިވެގެން އައުމުގެ ސަބަބުން ފެންނަ ވަށް ބުރެކެވެ.

މެޓް އޮފީހުން ކޮށްފައިވާ ޓްވީޓް--


މި ވަށްބުރާއެކު އެންމެ ހިތްގައިމު ކަމަކީ އޭގެ ވަށައިގެން ފެންނަ ވިއްސާރަ ދުނީގެ ކުލަތަކެވެ. ގިނަބަޔަކު ދަނީ މިއަދު ފެނުނު ހޭލޯގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓްކުރަމުންނެވެ.

ހޭލޯ އެފެކްޓް ނުވަތަ ފެނޯމިނާ މިއަދު ރާއްޖެއަށް ފެނުނު ކަމަށް ރިކޯޑްކުރެވިފައިވަނީ ހެނދުނު 11:30 އަކާއި އަދި 12 ޖެހުމާއި ދެމެދު އެވެ. އަދި މުޅީ ރާއްޖެއަށްވެސް މި ހިތްގައިމު މަންޒަރު ފެނުނު ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެ އެވެ. މިގޮތުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި ހުންނަ މެޓްގެ ސައުތު ސްޓޭޝަނުންވެސް ވަނީ ހޭލޯގެ ފޮޓޯތައް ހިއްސާ ކޮށްފަ އެވެ.

މިއަދު ފެނުނު ހޭލޯގެ ފޮޓޯއެއް--


އުޑުގެ ވިލާތަކުގައި ވަކި ކޮންޑިޝަންތަކެއް ފުރިހަމަވެގެން ނޫނީ ނުފެންނަ މި ހޭލޯ މީގެކުރިންވެސް ރާއްޖެއިން ފެނިފައި ހުރުން އެކަށީގެންވެ އެވެ. ނަމަވެސް މިފަދައިން ފާހަގަ ވެފައިވަނީ ވަރަށް މަދު ފަހަރެއްގަ އެވެ.

މިއަދު ފެނުނު ހޭލޯގެ ފޮޓޯއެއް--


ހޭލޯ ފެނޯމެނާއަށް ކިޔާ ދިވެހި ނަމެއް އަދި މިހާތަނަށް ހެދިފައެއް ނުވެ އެވެ. މެޓް އޮފީހުން ބުނާގޮތުގައި މިރޭވެސް އަލިގަދަ ފުލް މޫނެއް ފެނިއްޖެނަމަ ހޭލޯ އެއް ފެނުން އެކަށީގެންވެ އެވެ.