Advertisement

އޮޅިގެން އިތުރަށް މުސާރަ ޖަމާވި މައްސަލައެއް؛ ބައެއް މުވައްޒަފުންނަށް 95،000ރ.

1 ސެޕްޓެންބަރު 2021 - 08:30 0

އަމަން ހަލީމް

އަމަން ހަލީމް

ސަރުކާރުގެ ގިނަ އިދާރާތަކެއް ހުންނަ ވެލާނާގެ: މުސާރައިގެ މައްސަލަ ދިމާވީ އަތޮޅުތެރޭގައި ހުންނަ ހޮސްޕިޓަލުތަކުގެ މުވައްޒަފުންނަށް. -- ފޮޓޯ: ހުސެއިން ޝަަޔާހް/އަދަދު


އޮޅިގެން އިތުރަށް މުސާރަ ޖަމާވި މައްސަލައެއް؛ ބައެއް މުވައްޒަފުންނަށް 95،000ރ.

1 ސެޕްޓެންބަރު 2021 - 08:30 0

އަތޮޅުތެރޭގެ ބައެއް ހޮސްޕިޓަލުތަކުގައި މުވައްޒަފުންގެ މުސާރަ ޖަމާކުރުމުގައި ބައެއް މުވައްޒަފުންނަށް ގިނައިން އަދި އަނެއް ބައި މުވައްޒަފުންނަށް މަދުން ޖަމާވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

"އަދަދު"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 95،000ރ. ލިބިފައިވާއިރު، އަދި އަނެއް ބައި މުވައްޒަފުންނަށް މުސާރަ ސްލިޕުގައި ބުނާ އަދަދަށް ފައިސާ ޖަމާވެފައި ވެސް ނެތެވެ.

މިގޮތަށް މުސާރަ ޖަމާވި ހޮސްޕިޓަލުތަކުގެ ތެރޭގައި ދ. އަތޮޅު ހޮސްޕިޓަލް ހިމެނެ އެވެ.

މުސާރައިގެ މިކަހަލަ މައްސަލަތަކެއް އުޅޭތޯ ސުވާލުކުރުމުން ދ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ތޯހިރު އަބްދުއް ރަފީއު ވިދާޅުވީ، މުވައްޒަފުންގެ ފަރާތުން އެފަދަ މައުލޫމާތުތަކެއް ލިބިިފައިވާ ކަމަށެވެ.

އަދި ބައެއް މުވައްޒަފުންނަށް ގިނައިން އަނެއްބައި މުވައްޒަފުންނަށް މަދުން މުސާރަ ޖަމާވި ކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އިތުރަށް ޖަމާވި ފައިސާ ބޭނުން ނުކުރުމަށް ހެލްތު މިނިސްޓްރީ މެދުވެރިކޮށް ފިނޭންސުން ވަނީ އެ މުވައްޒަފުންނަށް އަންގާފަ އެވެ.

މިފަދަ އެންގުމެއް އަންގާފައިވޭތޯ ސުވާލުކުރުމުން ތޯހިރު ވިދާޅުވީ، އާންމު އުސޫލަކީ މުސާރަ ސްލިޕާ ނުބައްދަލު އަދަދެއްގެ މުސާރަ ޖަމާވެއްޖެ ނަމަ އެ ފައިސާ ބޭނުންނުކުރަން ކަމަށެވެ. އަދި އިތުރު އެންގުމެއް އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު "އަދަދު"އަށް މިއަދު ވިދާޅުވީ އެކަން މެދުވެރިވީ، ބޭންކުތަކަށް މުސާރަ ޝީޓު ފޮނުވުމުގައި ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

އެއާއެކު، ބޭންކުތައް މެދުވެރިކޮށް އެ ޓްރާންސްފާތައް ރިވާސް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، މިއަދުގެ ވަގުތެއްގައި އެކަން ހައްލުކުރެވޭނެ ކަމަށެވެ.