Advertisement

ސެޕްޓެމްބަރު މަހު އޮލިމްޕަސް އަލުން ހުޅުވާލަނީ

31 އޮގަސްޓު 2021 - 10:16 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

އޮލިމްޕަސް އިމާރާރުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު


ސެޕްޓެމްބަރު މަހު އޮލިމްޕަސް އަލުން ހުޅުވާލަނީ

31 އޮގަސްޓު 2021 - 10:16 0

ކޮވިޑުގެ ދެ ވަނަ ރާޅާ ގުޅިގެން ބަންދުކޮށްފައިވާ އޮލިމްޕަސް އަންނަ މަހު އަލުން ހުޅުވާލާނެ ކަމަށާއި، ހިދުމަތް ފަށާނީ ބަދަލުތަކަކާ އެކު ކަމަށް ނެޝެނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

ޖުލައި މަހުގެ 7 ވަނަ ދުވަހު އޮލިމްޕަސް އިމާރާތުގެ މަރާމާތުގެ މަސައްކަތް ފެށީ އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއްވެފައިވާތީވެ އެވެ. އެގޮތުން 60 އަހަރުވެފައިވާ އޮލިމްޕަހުގެ ހޯލުގެ ވަށައިގެންވާ ކޮރިޑޯތަކުުގެ ޝީޓުތައް ބާވުމުގެ ސަބަބުން ފެން ލީކުވުމުގެ މައްސަލަ ވެސް ފާހަގަވެފައިވެ އެވެ.

އަލަށް ގެންނަ ބަދަލުތަކާ އެކު ކެފޭ އޭރިއާ ބޮޑުކޮށް ޓިކެޓް ކައުންޓަރު އެހެން ދިމާލަކަށް ބަދަލުކޮށް، ފާހާނާ ބަރިއަށްވެސް ބަދަލުތަކެއް ގެންނާނެ އެވެ. އަދި އެތަނަކީ ފުރޮޅުލީ ގޮނޑި އަށް އެކްސެސިބަލް ތަނަކަށް ވެސް ވާނެ އެވެ.

އޮލިމްޕަސް އިމާރާރުގެ މަސައްކަތް ކުރިއަށްދަނީ، -- ފޮޓޯ:ހުސެއިން ޝަޔާހު/ އަދަދު


އޮލިމްޕަހުގައި އަލުން ފިލްމުއަޅުވާއިރު ހިދުމަތްދޭނީ އެޗްޕީއޭގެ އުސޫލާ އެއްގޮތަށެވެ. ޖެނުއަރީ މަހުގެ 24 ގައި އެޗްޕީއޭ އިން ނެރުނު ސިނަމާ ހިންގުމާއި ސިނަމާ ބޭނުންކުރުމުގެ އުސޫލުގައިވާ ގޮތުން ސިނަމާތަކަށް ވަންނަ އެއް އާއިލާއެއް ނުވަތަ އެއް ގުރޫޕެއް ފިޔަވައި، ގޮނޑިބަރިތަކުގެ ހުރިހާ ކޮޅަކުން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭގޮތަށް ތިބެވޭނެ އިންތިޒާމް ހަމަޖައްސަންޖެހެ އެވެ.

އެއާއެކު އޮލިމްޕަސް އެއްފަހަރާ ބޭނުންކުރެވޭ މީހުންގެ އަދަދު ކުރިއަށްވުރެ މާ ބޮޑަށްވެސް މަދުވާނެ އެވެ.

ކޮވިޑް-19 ފެތުރުމުގެ ކުރިން އޮލިމްޕަހުގައި އެޅުވުމަށް ގިނަ ފިލްމުތަކެއް ދިޔައީ އުފައްދަމުންނެވެ. އެގޮތުން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ފިލްމު ތަކުގެ ތެރޭގައި އައި ފިލްމްސްގެ ދެވަނަ ފިލްމް "ނީނާ" އާއި ޑާކްރެއިން އެންޓަޓެއިންމަންޓުން މިހާތަނަށް ތައްޔާރުކުރި އެންމެ ބޮޑު ފިލްމް "ނޮވެމްބަރު" ހިމެނެ އެވެ.