Advertisement

ލައިޕްޒިގުގެ ކެޕްޓަން ސަބިޓްޒާ ބަޔާނަށް

29 އޮގަސްޓު 2021 - 18:21 0

ޖަރުމަނު ލީގުގެ މެޗެއްގެ ތެރެއިން ސަބިޓްޒާ: އޭނާ ވަނީ ބަޔާނަށް ބަދަލުވާން ނިންމާފައި.


ލައިޕްޒިގުގެ ކެޕްޓަން ސަބިޓްޒާ ބަޔާނަށް

29 އޮގަސްޓު 2021 - 18:21 0

މިއުނިކް (އޮގަސްޓް 29) - ޖަރުމަނުގެ އާރްބީ ލައިޕްޒިގުގެ ކެޕްޓަނަކަށް ހުރި އޮސްޓްރިއާގެ މާސެލް ސަބިޓްޒާ ބަޔާން މިއުނިކަށް ބަދަލުވާން އެއްބަަސްވެއްޖެ އެވެ.

އުމުރުން 27 އަހަރުގެ ސަބިޓްޒާ ބަޔާނަށް ބަދަލުވާނީ 19 މިލިއަން ޑޮލަރަށެެވެ. އޭނާ ބަޔާނާ ގުޅޭއިރު، މިދިޔަ ސީޒަނުގައި ލައިޕްޒިގުގެ ކޯޗަކަށް ހުރި ހޫލިއަން ނާގަލްސްމަން އާއި ޑިފެންޑަރު ޑަޔޫޓް އުޕަމެކާނޯ ވެސް ހުރީ ބަޔާނުގަ އެވެ.

ލައިޕްޒިގުން ސަބިޓްޒާ ދޫކޮށްލަން ނިންމި އެންމެ ބޮޑު ސަބަބަކީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސަބިޓްޒާގެ ކޮންޓްރެކްޓް ހަމަވާއިރު، އޭނާ ލައްވައި އާ އެއްބަސްވުމެއްގައި ސޮއިކުރަން ލައިޕްޒިގުން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ނުވުމުންނެވެ.

ލައިޕްޒިިގަށް 2014 ވަނަ އަހަރު ބަދަލުވި ސަބިޓްޒާ ވަނީ އެ ޓީމަށް 229 މެޗުން 52 ގޯލު ޖަހައިފަ އެވެ. އޮސްޓްރިއާ ގައުމީ ޓީމަށް ވެސް ކުޅޭ ސަބިޓްޒާ އަކީ މިޑްފީލްޑަރެއްގެ މަގާމުގެ އިތުރުން އެންމެ ކުރިއަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ.

މީގެ ކުރިން ސަބިޓްޒާ ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ.

އަންނަ އަންގާރަ ދުވަހުގެރޭ ޔޫރަޕްގެ ގިނަ ގައުމުތަކަށް ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓް ބަންދުވާއިރު، ސަބިޓްޒާ ނެތްތަނަށް ލައިޕްޒިގުން ހޯދަން މަސައްކަތްކުރަނީ ބާސެލޯނާގެ އިލައިޝް މޮރީބާ އެވެ. ބާސެލޯނާއާ އެކު އާ އެއްބަސްވުމެއްގައި ސޮއިކުރަން މޮރީބާ ވަނީ ދެކޮޅު ހަދައިފަ އެވެ.

ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 18 އަހަރުގެ މޮރީބާ ވަނީ ލައިޕްޒިގާ އެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން ނިންމައިފަ އެވެ. ލައިޕްޒިގުން މޮރީބާގެ ސޮއި ހޯދަން 17 މިލިއަން ޑޮލަރުގެ ފީއެއް ދޭން ވަނީ ނިންމައިފަ އެވެ.