Advertisement

ޕޯޓް ސަރަހައްދުން ވައިލްޑް އިގްއާނާއެއް ފެނިއްޖެ

29 އޮގަސްޓު 2021 - 16:35 2

ޕޯޓް ސަރަހައްދުން ފެނުނު އިގުއާނާ --


ޕޯޓް ސަރަހައްދުން ވައިލްޑް އިގްއާނާއެއް ފެނިއްޖެ

29 އޮގަސްޓު 2021 - 16:35 2

އެމްޕީއެލް ޕޯޓް ސަރަހައްދުން ރާއްޖޭން ނުފެންނަ ބާވަތެއްގެ ބޮނޑެއް ކަމަށްވާ ވައިލްޑް އިގުއާނާއެއް ފެނިއްޖެ އެވެ.

ދެ ފޫޓު ހުރި އެ ވައިލްޑް އިގުއާނާ ފެނުމުން އެމްޕީއެލްއިން އެކަން އެމްއެންޑީއެފްއަށް މިއަދު މެންދުރުފަހުގެ ވަގުތެއްގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

އެ ރިޕޯޓާ ގުޅިގެން ކޯސްޓްގާޑްގެ ހާބާ ސެކިއުރިޓީ އޮފިސަރުން ވަނީ އިގުއާނާ ހިފާފަ އެވެ. އަދި، މިހާރު ވަނީ އެ އިގުއާނާ ފުލުހާ ހަވާލުކޮށްފަ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދިނެވެ.

އެ ބޮނޑު އެތެރެވެފައިވާ ގޮތެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް، ބެލެވޭ ގޮތުގައި އެއީ ބޭރުން ގެނައި މުދާތަކެއްގެ ތެރެއިން ރާއްޖެއަށް އެތެރެފައިވާ އެއްޗެކެވެ.