Advertisement

ހެލްތު މިނިސްޓްރީގައި ސިނގިރޭޓް ބޯން ލައުންޖެއް!

29 އޮގަސްޓު 2021 - 15:25 5

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ހެލްތް މިނިސްޓްރީގައި ސިނގިރޭޓް ބުއިމަށް ހަދާފައިވާ ސަރަހައްދު: އެކަން ބަލަމުން އަންނަ ކަމަށް މިނިސްޓްރީން ބުނޭ.


ހެލްތު މިނިސްޓްރީގައި ސިނގިރޭޓް ބޯން ލައުންޖެއް!

29 އޮގަސްޓު 2021 - 15:25 5

ހެލްތް މިނިސްޓްރީގައި ސިނގިރޭޓް ބުއިމަށް ހާއްސަ ލައުންޖެއް ހަދާފައިވާ މައްސަލަ ފާހަގަކުރެވިއްޖެ އެވެ.

ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގުގެ ޓެރަހުގައި، ހިޔާކޮށް ހަދާފައިވާ އެތަނުގައި ބެންޗުޖަހައި މޭޒެއް ބަހައްޓާފައި ހުރެ އެވެ. އެތަން ބޭނުންކުރަނީ އ މިނިސްޓްރީގެ އެކި ފަންތީގެ މުވައްޒަފުންގެ "ސްމޯކިން އޭރިއާ" އެއްގެ ގޮތުގަ އެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނުން، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަނުގެ ގޮތުގައި ސަރުކާރުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތައް ހިމެނެ އެވެ. އެފަދަ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ޖޫރިމަނާ ކުރެވޭނެ ކުށެކެވެ.

ސިއްހީ ކަންކަން ބަލަހައްޓާ އެންމެ އިސް އިދާރާގައި ދުންފަތުގެ އިސްތިއުމާލު ކުރަން ހާއްސަ ތަނެއް ހުރުމާ ގުޅޭގޮތުން އެ އޮފީހުގެ މީޑިއާ އޮފިޝަލާ ސުވާލު ކުރުމުން ވިދާޅުވީ އެކަން ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވި އެވެ.