Advertisement

އިއްޔެގެ ސުފުރާ އިން މިއަދުގެ ސުފުރާ މުއްސަނދި ކޮށްލެވިދާނެ!

28 އޮގަސްޓު 2021 - 10:48 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

ކުކުޅު ރިހައާޢި ބަތް-- ފޮޓޯ:ނިއުޔޯކް ޓައިމްސް


އިއްޔެގެ ސުފުރާ އިން މިއަދުގެ ސުފުރާ މުއްސަނދި ކޮށްލެވިދާނެ!

28 އޮގަސްޓު 2021 - 10:48 0

ހުކުރު ދުވަހުގެ ސުފުރާ ގިނަ ގެތަކުގައި ފަޅުފިލުވާލަދެނީ ކުކުޅު ރިހައަކުންނެވެ. މުޅި އާއިލާއަށް ވާ ވަރަށް ބޮޑު ރިހަ ތެއްޔެއް ގިނަ ގެތަކުގައި ތައްޔާރުކުރާއިރު، ޖެހިގެން އަންނަ ދުވަހު ކެވޭ ވަރަށްވެސް މި ކުކުޅު ރިހަ އިތުރުވެފައި ހުރެ އެވެ. އެކަމަކު ޖެހިޖެހިގެން ދެ ދުވަހު ރިހަ ކެއުމަކީ އެހާ ފަސޭހަ ކަމެއް ނޫންތާ އެވެ. މި ހިމަނާލަނީ ބާކީވާ ކުކުޅުރިހައިން ތައްޔާރުކުރެވިދާނެ ތަފާތު ދެތިން ބާވަތެކެވެ.

ކުކުޅު ރިހައިގެ ބާކީ ކުކުޅުން ތައްޔާރުކޮށްފައިވާ މީރު ސެލެޑެއް--ފޮޓޯ:މަސާލާ މަމާސް


ޗިކަން ސެލެޑެއް!

ހުކުރުދުވަހުގެ މާ ކެއުމަށްފަހު ތިމާގެ ބަނޑަށާއި ހައްޓަށްވެސް ލުއިވާނޭހެން ޗިކަން ސެލެޑެއް ތައްޔާރުކުރެވިދާނެ އެވެ. ރިހައިގެ ދިޔަތައް ނުލައި ކުކުޅުކޮޅުތައް ނަގައި ޝްރެޑް ކުރުމަށްފަހު ތަފާތު ގޮތަކަށް ސެލެޑް ތައްޔާރުކުރުމަށްޓަކައި އާފަލާއި، ވޯލްނަޓްސް، މެޔޮނައިޒް އިތުރުކުރެވިދާނެ އެވެ. އަދި އެމީހެއްގެ ފޭވަރިޓް ސެލެޑް ޑްރެސިންއާއި އެއްކޮށް ލެޓިއުސްއާއި އެވޮކާޑޯފަދަ ބާވަތެއް އިތުރުކޮށްގެން ކެވިދާނެ އެވެ.

ކުކުޅު ރިހަ ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ ބުރިީޓޯއެއް --- ފޮޓޯ:މަސާލާ މަމާސް


މެކްސިކަން ބުރީޓޯ އެއް!

އަނެއްކާވެސް ތަފާތު ބާވަތެކެވެ. ހުކުރު ކުކުޅުގެ މީރު ހަވާދުގަނޑާއި އެކު މެކްސިކަން ބުރީޓޯއެއް ނުވަތަ ޓާކޯސް އެއް ތައްޔާރުކޮށްލުން ވެގެންދާނީ ގޭގައި ތިބި ކުޑަކުދިންނަށްވެސް ވަރަށް ކަމުދާނެ ޑިޝް އަކަށެވެ. އެމީހެއްގެ ފޭވަރިޓް ޗީޒްއާއި އެކު ރެޑީ މޭޑް ޓޯޓިލާ އެއްގައި ގާތްގަނޑަކަށް އެންމެ ފަސްވަރަކަށް މިނިޓްތެރޭ ރަހަމީރު ކެއުމެއް ތައްޔާރުކުރެވުނީ އެވެ. އިތުރު އެއްޗަކަށް ބޭނުންވާނީ އެމީހަކަށް ކަމުދާ ވައްތަރެއްގެ ބީންސްއާއި، ގުއަކޮމޯލީ ކޮޅެކެވެ. އެއީވެސް ކްރީމީ އެވަކާޑޯއަކާއި، ޓޯމާޓޯ، ފިޔާ އަދި ކޮރިއަންޑާ ފަތްކޮޅަކުން ތައްޔާރުކޮށްލެވޭނެ މީރު ބާވަތެކެވެ.

ފޮޓޯ:މަސާލާ މަމާސް


ތަފާތު ޕޭސްޓްރީ އެއް!

ކުކުޅު ރިހައިގައި އަލުވިވެސް ހުންނަނަމަ މިއީ އަދި ވަރަށް މީރުވާނޭ ރެސިޕީ އެކެވެ. އަނެއްކާވެސް ކުކުޅުތައް ޝްރެޑް ކުރުމަށްފަހު އަލުވިއާއެކު ކްރީމް ކޮޅެއްވެސް އިތުރުކޮށް އުނދުންމަތީގައި އިތުރަށް ރަހަ ހެޔޮވަރުކޮށްލެވިދާނެ އެވެ. ނޫންނަމަ މާބޮޑު ގޮތެއް ނަހަދާ ޕޭސްޓްރީ ފުށްގަނޑު ތެރެއަށްލައި ބޭނުން ބައްޓަމަކަށް ހަދަންވީ އެވެ. ކްރިސްޕީ ކޮށްލުމުގެ ގޮތުން މަތީގައި ބިސް ކޮޅެއް ހާކާލެވިދާނެ އެވެ.

މި ނޫނަސް، ކޮށްތު ރޮށި ފަދަ ބާވަތްތަކަކީވެސް ބާކީވާ ކުކުޅު ރިހައިން ނިކަން މީރުކޮށް ތައްޔާރުކޮށްލެވޭނޭ ޑިޝްއެކެވެ. ކޮންމެ ގޮތަކަށް ނަމަވެސް ބަލަންވީ އިސްރާފު މަދުކޮށް ހަފްތާ ބަންދުގެ އަރާމުކަން ގެއްލުވާލަނުދީ މީރު އެއްޗެއް ކެވޭތޯ އެވެ.