Advertisement

ސިޔާސީ ފަރާތްތަކުގެ އެއްބައިވަންތަކަމަށް މެލޭޝިއާގެ އާ ބޮޑުވަޒީރު ގޮވާލައްވައިފި

23 އޮގަސްޓު 2021 - 06:26 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މެލޭޝިއާގެ އާ ބޮޑު ވަޒީރު އިސްމާއިލް ސަބްރީ.


ސިޔާސީ ފަރާތްތަކުގެ އެއްބައިވަންތަކަމަށް މެލޭޝިއާގެ އާ ބޮޑުވަޒީރު ގޮވާލައްވައިފި

23 އޮގަސްޓު 2021 - 06:26 0

ކުއަލަ ލަމްޕޫރް، މެލޭޝިއާ (އޯގަސްޓު 22) - ގައުމަށް ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަން ނިމުމަކަށް ގެނެސް، ސިޔާސީ ފަރާތްތަކުން އެއްބައިވެގެން ކޮވިޑް ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް މެލޭޝިއާގެ އާ ބޮޑުވަޒީރު އިސްމާއިލް ސަބްރީ ގޮވާލައްވައިފި އެވެ.

ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގެންނެވި ފަހުން ޓީވީ މެދުވެރިކޮށް ދެއްވި ފުރަތަމަ ބަޔާނުގައި، އުމުރުން 61 އަހަރުގެ ސަބްރީ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ގޮވާލެއްވީ ގައުމުގެ ކުރިމަގަށްޓަކައި އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމަށެވެ.

"ގައުމަށް ކުރިމަތިވެފައިވާ ސިޔާސީ ކާރިސާއާ ހެދި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ވަނީ އުފެދިފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

"ގައުމައިގެން ކުރިއަށް ދަމާ. ސިޔާސީ ބާރު ހޯދަން ކުރާ މަސައްކަތް ހުއްޓާލަމާ ހިނގާ."

ކޮވިޑް ކޮންޓްރޯލް ކުރަން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ މެދު އާއްމުން ހިތްހަމަނުޖެހިފައި ތިބިއިރު، ސިޔާސީ ހަލަބޮލިކަން އޮތްތާ އެތައް މަހެއް ވެއްޖެ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމުގެ ނަމުގައި އެކި ފަހަރު މަތިން ލޮކްޑައުންކޮށްފައި ވާތީ އެތައް ވިޔަފާރިއެއް ބަނގުރޫޓުވެ، އެތައް ހާސް ބަޔެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ.

ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ކޮވިޑް ކޮންޓްރޯލް ކުރެވިފައި ނުވާއިރު، ދުވާލަކު 20،000 ކޭސް ފެންނަމުން ދިޔުމުގެ ސަބަބުން ސިއްހީ ނިޒާމަށް ވަނީ ލޯޑުބޮޑުވެފަ އެވެ.

ސަބްރީގެ ބަޔާނުގައި ވިދާޅުވީ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރުކޮށް، ޕްރައިވެޓް ސެކްޓަރަށް ފޯރުކޮށްދޭ ގިނަ އެހީތަކާއެކު އިގްތިސާދު އަލުން ހަމައަކަށް އަޅުވަން ރާވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން [ސަރުކާރު] އަމާޒު ކުރާނީ ވަޒީފާ އާއި އާމްދަނީ ލިބޭނެ މަގުތައް ގެއްލިފައިވާ ރައްޔިތުންނަށް،" އޭނާ ވިދާޅުވި އެވެ.

"ދީނަށް، ނަސްލަށް އަދި ދަރިފަސްކޮޅަށް އަޅުގަނޑުމެން ނުބަލާނަން. މެލޭޝިއާގެ އެއްވެސް ރައްޔިތަކު ދޫކޮށް ނުލާނަން."

އޭގެ އިތުރުން ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމަށާއި އިގްތިސާދު ހަމައަކަށް އެޅުވުމަށް އުފައްދާފައިވާ ހާއްސަ ކައުންސިލްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް އިދިކޮޅު ފަރާތްތަކަށް ސަބްރީ ދައުވަތު ދެއްވި އެވެ.

މެލޭޝިއާގެ އާ ބޮޑުވަޒީރު އިސްމާއިލް ސަބްރީ އަކީ އެ ގައުމުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރި ސިޔާސީ ޕާޓީގެ ތަޖުރިބާކާރު ލީޑަރެކެވެ.

މިދިޔަ ހަފްތާގައި ކުރީގެ ބޮޑު ވަޒީރު މުހްޔިއްދީން ޔާސީން އިސްތިއުފާ ދެއްވުމާއެކު ސަބްރީ އެ މަގާމަށް އައްޔަނު ކުރެއްވި ހުކުރު ދުވަހު އެވެ. އެމަނިކުފާނަކީ ހަތަރު އަހަރުގެ ތެރޭގައި މެލޭޝިއާގެ ތިން ވަނަ ބޮޑު ވަޒީރެވެ.