Advertisement

ހަފްތާ ހުސްކޮށް ބަލަން ނެޓްފްލިކްސް ގެ އާ ފިލްމު ލިސްޓެއް

21 އޮގަސްޓު 2021 - 15:17 2

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ހަފްތާ ހުސްކޮށް ބަލަން ނެޓްފްލިކްސް ގެ އާ ފިލްމު ލިސްޓެއް

21 އޮގަސްޓު 2021 - 15:17 2

މި ބަލަނީ މި ހަފްތާގެ އަޑު އެންމެ ގަދަކޮށްލި "ސުސައިޑް ސްކުއަޑް" އެންމެން ވެސް ބަލައިފި ކަމަށެވެ. އެހެންވީ ކުރިއަށް ވިސްނައިފައި ވަގުތު އޮއްވައި އަންނަ ހަފްތާގެ މޫވީ "ނެސެސިޓީސް" ފިލްކޮށްލަދޭން މި ލިސްޓެއް ހަދާ އިރު މި ބަލަނީ ނެޓްފްލިކްސް އިން ވީކެންޑުގެ މޫޑު މަރާނުލައި "ބިންޖް" ކުރާނެ ލިސްޓެއް ދެވޭތޯ އެވެ.

އެހެންވީމަ މި ލިސްޓެއްގައި ނެޓްފްލިކްސް އަށް އެންމެ ފަހުން އައި ޑޮކިއުމެންޓްރީ އާއި ކަލްޓް، ކްލެސިކް، ރޮމޭންސް އަދި އެކްޝަން ޗޮއިސް ތައް ވެސް ހިމަނާފައިވާނެ އެވެ.

ސްވީޓް ގާލް


ގޭމް އޮފް ތްރޯންސް އާއި އަކުއަމޭންގެ ތަރި ޖޭސަން މޮމޯއާ ގެ އެންމެ ސަޅި އެކްޝަން ކެރެކްޓާ މިހާތަނަށް ފެންނާނެ އެންމެ ސަޅި ފިލްމަށް މި ފިލްމު ވާނެ އެވެ. ލިއަމް ނީސަން ނަމަކަށް ކިޔާ އޭނާގެ ކެރެކްޓާ އަކީ އެކަނިވެރި ބައްޕައެކެވެ. ފިލްމުގައި އޭނާގެ ކޯ ސްޓާރެއްގެ ގޮތުގައި ފެނިގެންދާ އިސަބެލް މާސެޑް އާއި އެކު ލިއަމް މަސައްކަތް ކުރަނީ އޭނާގެ އަންހެނުން މަރާލި މީހުންގެ ކިބައިން ބަދަލު ހިފުމަށެވެ. އިސަބެލް އަކީ ފިލްމުގައި އޭނާގެ ދަރިފުޅެވެ.

ލައިކް ކްރޭޒީ


ފެލިސިޓީ ޖޯންސް އާއި 2016 ވަނަ އަހަރު މަރުވި އިނގިރޭސި ތަރި އެންޓަން ޔެލްޗިން، ލޯބީގައި ނިއުޅެމުން ފޮޅެމުންދާ ލޯބި ކަޕުލް އެއްގެ ގޮތުގައި ފެނިގެންދާ މި ފިލްމަކީ ރޯމޭންސް ޖޯންރާގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ޓްރީޓަކަށް ވާނެ އެވެ. ދެހާސް އެގާރަ ވަނަ އަހަރު ނެރުނު މި ފިލްމަކީ މޮޅު، ތަފާތު ފިލްމެއްގެ ގޮތުގައި "ދަ ގާޑިއަން" ނޫހުން ރިއިއު ލިޔުނު ފިލްމެކެވެ.

މި ފިލްމުގެ ފިރިހެން ތަރި އެންޓަން މަރުވީ 27 އަހަރުގައި އެކްސިޑެންޓެއްގަ އެވެ.

ބްލެކް އައިލެންޑް


މިއީ ޖަރުމަނު ފިލްމެކެވެ. ފިލްމުގެ ޓްރެއިލާއިން ފެންނަ ގޮތުން ހައި ސްކޫލްގައި އުޅޭ މަޑުމައިތިރި މިޒާޖެއް ހުންނަ ފިލިޕް ފްރޮސެންޓް ގެ ދިރިއުޅުމަށް، އޭނާގެ ސްކޫލަށް އަލަށް އަންނަ އަންހެން ޓީޗަރަކާ ހިސާބުން ބޮޑު ބަދަލުތަކެއް އަންނަން ފަށައެވެ. މި އަންހެން ޓީޗަރާއި ފިލިޕް އާއި ދެމެދުގައި ގުޅުމެއް އުފެދި، ވާހަކައިގެ ވަކި ހިސާބަކުން ގޮތް ގޭނގޭ ބޮޑެތި ސިއްރުތަކެެއް ފަޅާ އަރަ އެވެ.

ވޯކް އޮފް ޝޭމް


ދެހާސް ސާދަ ވަނަ އަހަރުގެ މި ރީތި ކޮމެޑީ އަކީ ރައްޓެހިންނާ އެއްކޮށް މަޖާ މޫވީ ޓައިމަކަށް ސަޅި ފިލްމަކަށް ވާނެ އެވެ. ފިލްމުގެ ލީޑުން އެލިޒަބެތު ބޭންކްސް އާއި ޖޭމްސް މާސްޑަން ފެންނަ މި ކޮމެޑީ އަށް ރޮޓެން ޓޮމާޓޯގެ ރޭޓިން އަށް ލިބިފައި ވަނީ އެންމެ 12 ޕަސެންޓެވެ. އެކަމަކު މީގައި އުޅޭ ތަރިންގެ އެކްޓިން އާއި ހިއުމާ އަށް ލޯބިކުރާ މީހުންނަށް މި ފިލްމަކީ މޫވީ ނައިޓް ވޯތީ ފިލްމަކަށް ނުވެ ނުދާނެ އެވެ.

ބެކެޓް


ޓެނެޓް ގެ ތަރި އަދި ޑެންޒެލް ވޮޝިންޓަންގެ ދަރި، ޖޯން ޑޭވިޑް ވޮޝިންޓަން ފެންނަ މި އެކްޝަން ތްރިލާ އަކީ ނެޓްފްލިކްސް އޮރިޖިނަލް އެކެވެ. މި ފިލްމުގައި ޖޯން ޑޭވިޑް ގެ ކެރެކްޓާ އަކީ ގްރީސް އަށް ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާއާ އެކު ގޮސް އުޅޭ ޓޫރިސްޓެކެވެ. އެކަމަކު ދަތުރުގައި ދިމާވާ ހަދިސާއެއްގައި ބަޔަކު އޭނާގެ ގާލްފްރެންޑް މަރާލަ އެވެ. އެކަމަކު އެއީ ކީއްވެ ކަމެއް އޭނާ އަކަށް ނޭނގެ އެވެ. އެހާ ހިސާބުން ހައިރާންވެ، ބިރުގަނެފައި ހުންނަ ޖޯން މަސައްކަތް ކުރަނީ އެމީހުންގެ ކިބައިން ރެކިގެން އެމްބަސީ އާ ހަމައަށް ސަލާމަތުން ދެވޭތޯ އެވެ. ފިލްމުގެ ސްޓޯރީ ނިއުޅެމުންދާ ވަރަކަށް އޭނާ އަށް ވެގެން އުޅޭ ގޮތް އެނގި ކުރިން ނޭނގޭ ސިއްރުތަކެއް ހާމަވެ އެވެ.

ދަ ކިސިން ބޫތު 3


ނެޓް ފްލިކްސް ގެ މި ރޮމޭންޓިކް ކޮމެޑީ އަކަށް ފުރަތަމަ ފިލްމުން ފެށިގެން ވެސް ބެލުންތެރިންގެ ހިތް ބަންޑުންވެގެން މީގެ ތިން ވަނަ ފިލްމަކާ ހަމައަށް އައި އިރު ވެސް އަދި ވެސް އެ ފޯރިއެއް އެބަ އޮތެވެ. އެހެންވީމަ އަންނަ ވީކެންޑްގެ ރޮމޭންސް "ކިސިން ބޫތު 3" އަކުން ހަމަ ޔަގީނުން ވެސް ލޮނު ހެޔޮވަރު ކޮށްލެވޭނެ އެވެ.

މިޝާ އެންޑް ދަ ވުލްވްސް


މިޝާ އެންޑް ދަ ވުލްވް އަކީ ޑޮކިއުމެންޓްރީ އެކެވެ. މިއީ މަޝްހޫރު ހޮލޯކޮސްޓް ހާދިސާފައި މިޝާ ޑިފޮންސެކާ ކިޔާ އަންހެނަކު ހޮލޯކޯސްޓް އިން ސަލާމަތްވާން ހިޔަޅު އާއިލާ އާ އެކު ދިރިއުޅުނު ގޮތާއި އެއާއެކު މޫވީ ޑީލް އެއް ލިބުނު ގޮތް ކިޔައިދޭ ގޮތަށް ގެނެސްދޭ ޑޮކިއުމެންޓްރީ އެކެވެ. އެކަމަކު އޭނާގެ ޕަބްލިޝާއަށް އޭނާ ކިޔައިދޭ ވާހަކަ ތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމެނޭކަން އެނގޭ ހިސާބުން އިތުރު ވާހަކަތަކެއް ތިލަވެ އެވެ.