Advertisement

ރެޑްވޭވްގެ ހަފްތާ ބަންދު ސޭލް: ބޮޑު ޑިސްކައުންޓެއް!

19 އޮގަސްޓު 2021 - 17:07 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރެޑްވޭވް މެގަމޯލް


ރެޑްވޭވްގެ ހަފްތާ ބަންދު ސޭލް: ބޮޑު ޑިސްކައުންޓެއް!

19 އޮގަސްޓު 2021 - 17:07 1

ރެޑްވޭވުން "ހަފްތާ ބަންދު" ސޭލް ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕާމާކެޓުން އަލަށް ފެށި މި ސޭލުގެ ފުރަތަމަ ދުވަހަކީ މިއަދެވެ.

އޯގަސްޓް 19، އިން ސެޕްޓެމްބަރު 19، އަށް ކުރިއަށް ގެންދާ އެއް މަސް ދުވަހުގެ މި ސޭލުގައި ތަރުކާރީ، މޭވާ، ކުކުޅު އަދި ފްރޯޒަން ފުޑްސްގެ ބާވަތްތަކުން 5 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ކޮންމެ ހަފުތާ ބަންދެއްގައި ވެސް ސޭލް އޮންނާނީ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ން 23:00 އަށް އަދި ހުކުރު ދުވަހުގެ ހެނދުނު 08:00 ން 11:00 އަށެވެ.

ދުނިޔޭގެ އިގްތިސޯދީ ހާލަތު ދަށްވެ، ރައްޔިތުންގެ މާލީ ހާލަތަށްވެސް ނޭދެވޭ ބަދަލެއް އައިސްފައިވާ މި ދަނޑިވަޅުގައި ރެޑްވޭވުން މަސއްކަތް ކުރަނީ ކަސްޓަމަރުންނަށް އެކަށީގެންވާ ހެޔޮ އަގެއްގައި ތަކެތި ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ސޭލްގެ ބޭނުމަކީ ވެސް ލުޔެއް ދިނުން ކަމާއި މި ފަދަ ސޭލްތަކާއި ޕްރޮމޯޝަންތައް ވަރަށް ގިނައިން ކުރިއަށް ގެންދާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.