Advertisement

"މަޒްލޫމް" ގެ ދެ ވަނަ ޗެޕްޓަރަށް ކެތްމަދުވެފައި

19 އޮގަސްޓު 2021 - 09:09 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

ޒައްރޫކްގެ ޕޯސްޓާ އިމޭޖެއް


"މަޒްލޫމް" ގެ ދެ ވަނަ ޗެޕްޓަރަށް ކެތްމަދުވެފައި

19 އޮގަސްޓު 2021 - 09:09 0

"އަޑު ގަދަ ނުކުރާތި! ޒައްރޫކް ރުޅި އަންނާނެ.."

މިއީ މަދު ދުވަސްކޮޅެއްތެރޭ ދިވެހި ފިލްމީ ދާއިރާގެ ފެންވަރު މަތިކޮށްދިން ކާމިޔާބު ޑައިރެކްޓަރު އިލްޔާސް ވަހީދުގެ އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ތައްޔާރުކުރާ އެންތޮލޮޖީ ސީރީޒް "މަޒްލޫމް" ގެ ދެ ވަނަ ޗެޕްޓަރުގެ ޓީޒާގެ ތަންކޮޅެކެވެ.

މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ބައިސްކޯފު އެޕްލިކޭޝަންގައި ވަނީ މަޒްލޫމްގެ ފުރަތަމަ ޗެޕްޓާ ރިލީޒްކޮށްފަ އެވެ. އުރުދޫ ބަހުން "ވިކްޓިމް" އަށް ކިޔާ ނަން ކަމަށްވާ މަޒްލޫމްގެ ނަން ދީފައިވާ މި ސީރީޒަކީ އިއްލެ ބުނާގޮތުގައި ދިވެހި މުޖްތަމައުގައި ހުރި ބޮޑެތި އިޖުތިމާއީ މައްސަލަތައް ފެނިގެންދާނެ ސީރީޒްއެކެވެ.

އިއްލެ ބުނާގޮތުގައި މި މަސައްކަތަކީ އައި ފިލްމްސްގެ ދެވަނަ ފިލްމް "ނީނާ" ގެ މަސައްކަތް ނިމި ރިލީޒްކުރަން ގާތްވެފައި ވަނީ ކޮވިޑް19 ފެތުރި ފިލްމީ މަސައްކަތްތައް އެއްކޮށްހެން ހުއްޓާލަން ޖެހުމުން އާމްދަނީއެއް ހޯދުމަށްޓަކައި ކުޑަ ގޮތަކަށް ފެށި މަސައްކަތެކެވެ. ނަމަވެސް ބައިސްކޯފާއި ގުޅުނު ފަހުން އިިތުރު ދެ ޗެޕްޓާ އެއް އިތުރުކޮށް ސީރީޒްގެ މަސައްކަތް އިތުރަށް ފުރިހަމަ ކުރެވިގެންދިޔަ ކަމަށް އިއްލެ ބުންޏެވެ.

މަޒްލޫމްގެ ފުރަތަމަ ޗެޕްޓާގައި ރޭޕްގެ ޝިކާރަައަކަށްވި ދެ އަންހެންކުއްޖެއްގެ ވާހަކަ ފެނިގެންދިޔައިރު، ދެ ވަނަ ޗެޕްޓާގައި އަލިއަޅުވާލާ އިޖުތިމާއީ މައްސަލައިގެ ތަފްސީލް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކާސްޓްގައި ހިމެނެނީ ޓިކްޓޮކްގައި ބޮޑު މަޝްހޫރުކަމެއް ހޯދައި އަދި ފިލްމީ ދާއިރާގައި ވެސް ކުރިއަރަމުން އަންނަ އުންމީދީ ތަރިއެއް ކަމުގައިވާ ނަތާޝާ ޖަލީލްގެ އިތުރުން ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ޝާރިފް އެވެ. އަދި ލީޑް ރޯލުން ފެނިގެންދަނީ ޗައިލްޑް އާޓިސްޓެއް ކަމަށްވާ އުމުރުން އެންމެ 11 އަހަރުގެ މުޙައްމަދު މާހިލް އެވެ.

'ކުރު ފިލްމްތަކެއްގެ ގޮތުގައި މަޒްލޫމްގެ ކޮންމެ ޗެޕްޓާއެއްވެސް ފެނިގެންދާއިރު، މި ޗެޕްޓަރު ފެންނާނެ ތާރީހެއް އަދި އާންމުކޮށްފައި ނުވެ އެވެ. މަޒްލޫމްގެ އިތުރުން އިއްލެ މިހާރު އަންނަނީ 15 އެޕިސޯޑުގެ ސީރީޒެއް ކަމަށްވާ "ބިރުވެރި ވާހަކައިގެ" ޝޫޓިން އަށް ވެސް ތައްޔާރުވަމުންނެވެ.