Advertisement

ގާލިކް ބްރެޑް މިއަށްވުރެ ވަކި މީރުކޮށް ހެދޭނެތަ؟

18 އޮގަސްޓު 2021 - 09:44 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

ގާލިކް ބްރެޑް. -- ފޮޓޯ: ޕޮޕް ޝުގާ


ގާލިކް ބްރެޑް މިއަށްވުރެ ވަކި މީރުކޮށް ހެދޭނެތަ؟

18 އޮގަސްޓު 2021 - 09:44 0

މީރު ގާލިކް ބްރެޑެއް ހަދާލުމަކީ ކޮންމެހެން ރޮކެޓް ސައިންސް އެއް ނޫންތާ އެވެ. ދުވަހުގެ ކޮންމެ ވަގުތަކާއި ހާލަތަކަށް ވެސް ނިކަން ރަހަ ހެޔޮވަރު ގާލިކް ބްރެޑް ހަދަން މާ މޮޅު ކިޔެވެެއްޔެއް ކިޔަވަން ޖެހޭ ކަމަަކަށްވެސް މީގެ ކުރިން އެނގިފައެއް ނެތެވެ. ނަމަވެސް މިފަހަކުން މަޝްހޫރު ވެގެން މިއުޅޭ ޓިކްޓޮކަކުން މި ނިންމުމާ މެެދު ކުޑަކޮށް ޝައްކު އުފައްދައިިފި އެވެ.

ކަލިނަރީ ވެބްސައިޓެއް ކަމުގައިވާ ޓޭސްޓިން ޓޭބަލް ގެ ފުޑް އެޑިޓަރުކަމާއި އާއި ޓައިމް އައުޓް ނިއު ޔޯކް ގެ ފުޑް ކްރިޓިކްކަން ކޮށްފައިވާ ޝެފް ޖޭކް ކޯހެން މިވަނީ ގާލިކް ބްރެޑް ގެ މުޅީން ތަފާތު ރެސިޕީއެއް ހިއްސާކޮށްފަ އެވެ. މި ރެސިޕީގައި ލޮނުމެދު ނޮޅާކަށް ނޫނީ ކޮށާކަށްވެސް ނުޖެހެވެ. ބޭނުންވަނީ އަވަނެކެވެ.

މުޅި ޓިކްޓޮކްގައި ޖޭކްގެ މި ޓިކްޓޮކް ވައިރަލްވެފައިވާއިރު، އަޖުމަ ނުބަލައި ދޫކޮށްލެވޭ ވަރެއް ނޫނެވެ. ގާތްގަނޑަކަށް 3.5 މިލިއަން ލައިކްސް މި ޓިކްޓޮކަށް ލިބިފައިވާއިރު ދެލައްކައަށްވުރެ ގިނަފަހަރު މި ޓިކްޓޮކްވަނީ ޝެއާ ކުރެވިފަ އެވެ.

ކުޅު ދިޔާވެއްޖެ އެވެ. އަވަހަށް ފަށައިގަންނަމާ ހިނގާށެވެ.

ގާލިކް ބްރެޑް ހެދުމަށް ބޭނުންވާ ތަކެތި ---ފޮޓޯ: ޕޮޕްޝުގަރ


މި ރެސިޕީއަށް ބޭނުންވަނީ ލޮނުމެދެއް އޮތް ގޮތަށެވެ. އެމީހަކު ހަދަން ބޭނުންވާ ގާލިކް ބްރެޑެއްގެ ނިސްބަތުން ލޮނުމެދުގެ އަދަދު އިތުރުކޮށްލަން ޖެހޭނެ އެވެ. އެއަށްފަހު ދެން ބޭނުންކުރަނީ ބަޓަރާއި ލޮނާއި ބޭސިލް އަދި ޗިލީ ފްލޭކްސް ކޮޅެކެވެ.

ރެސިޕީ ގެ އަސްލު ޖާދުލަކީ މިއީ އެވެ. ލޮނުމެދުގެ ކޮޅު ބުރިކޮށްލުމަށްފަހު އޮލިވް އޮއިލް ކޮޅަކާއި ލޮނު ކޮޅެއް ޖަހާލުމަށްފަހު ފޮއިލްގައި އަޅައި ރަނގަޅަށް އޮޅާލާށެވެ. އެއަށްފަހު އެއްގަޑިއިރުވަންދެން ވަރަށް މަޑު ހޫނު މިނެއްގައި ފިހެލާށެވެ.

ލޮނުމެދު ފިހެއުމަށްފަހު ބަޓަރުގެ ތެރެއަށް ފިތާލަނީ--- ފޮޓޯ: ޕޮޕްޝުގަރ


ފަހަރެއްގައި މިއީ ހާދަ ބައިވަރު ލޮނުމެދެކޭ ހީވެދާނެ އެވެ. އެކަމަކު އަވަނުގައި އެ ހޭދަކުރާ ވަގުތުތަކުން ލޮނުމެދުގެ އެ ހުންނަ އުނދަގޫ ވަސްގަނޑާއި ރަހަ މުޅީންހެން ފިލައިދާނެ އެވެ.

ޕާނުގައި ބަޓަރު ހާކަނީ ---- ފޮޓޯ: ޕޮޕްޝުގަރ


ދެން ޖެހޭނީ އަވަނުން ނަގައި ލޮނުމެދަށް ފިއްތާލާށެވެ. ފިހެވިފައިވާ ލޮނުމެދުތައް ޕޭސްޓް ގަނޑެއްހެން ނުކުމެގެން ދާނެ އެވެ. ދެން ބާކީ ހުރި ބާވަތްތައް ބަޓަރުގައި މިކްސް ކުރުމަށްފަހު ޕާނުގައި ހާކައި ފިހެލާށެވެ. ގައިމުވެސް މިއިން ދުވަހަކު ނުކާހާ މީރު ގާލިކް ބްރެޑަކަށް ވާނެ އެވެ.

ގާލިކް ބްރެޑް ހަދާ ނިމިފައި--- ފޮޓޯ:ޕޮޕް ޝުގާ


ޖޭކް ކޯހެން އަކީ ކަލިނަރީ ދާއިރާގައި މިވަގުތު ފިޔަޖަހަމުން އަންނަ އެންމެ މަގުބޫލު އެއް ޝެފެވެ. މިހާތަނަށް ވޭކް އެންޑް ޖޭކްގެ ނަމުގައި އޭނާގެ އަމިއްލަ ފުޑް ބްލޮގެއްވެސް ހިންގަމުން އަންނައިރު، ޖޫއިޝްގެ ނަމުގައި އޭނާގެ ފުރަތަމަ ރެސިޕީ ފޮތް ވެސް ވަނީ ނެރެފަ އެވެ.