Advertisement

ވެކްސިން ލިބިފައިވާތީ ސްޕަޓްނިކް ހޯދުން ހުއްޓާލައިފި

14 އޮގަސްޓު 2021 - 12:26 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން


ވެކްސިން ލިބިފައިވާތީ ސްޕަޓްނިކް ހޯދުން ހުއްޓާލައިފި

14 އޮގަސްޓު 2021 - 12:26 0

ވެކްސިން ޖެހޭ އާބާދީއަށް ވެކްސިން ކަށަވަރުވެ ރާއްޖެ ގެނެވިފައިވާތީ ރަޝިއާގެ ސްޕަޓްނިކް ގަތުމަށް ސަރުކާރުން ކުރި މަސައްކަތް ހުއްޓާލައިފި އެވެ.

ވެކްސިންގެ ތާށިކަމުގައި ރާއްޖެ އޮތް އިރު ރަޝިއާ ވެކްސިންގެ 200،000 ޑޯޒް ގަތުމަށް ނިންމައި އިނީޝިއަލް އެގްރީމަންޓެއްގައި ސޮއިކުރި އެވެ. އެހެންނަމަވެސް ވެކްސިން ވެކްސިން ގަތުމަށްޓަކައި އޮންނަ އެއްބަސްވުމުގައި ސޮޔެއް ނުކުރެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ނަޒްލާ ރަފީގް ވިދާޅުވީ ސްޕަޓްނިކް ވެކްސިން ގަތުމަށް ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލުމަށް ނިންމީ، ދިވެހިރާއްޖެއަށް މިވަގުތަށް ބޭނުންވާނެ މިންވަރަށް ވެކްސިންތައް ހޯދިފައިވާތީ ކަމަށެވެ.

އަދި އެ ވެކްސިން ގަތުމަށް މަޝްވަރާތައް ކުރަމުންދިޔަ ނަމަވެސް، އެކަމަށް އެއްވެސް ފައިސާއެއް ދައްކާފައި ނުވާނެކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް ވެކްސިން ރާއްޖޭގައި ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި 200،000 ޑޯޒުންނެވެ. ޗައިނާ އިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ.

އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.

ވެކްސިން އިތުރަށް ނުގަތުމަށް ނިންމާފައި ވާއިރު، ރާއްޖޭގައި ކޮވިޑް ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒު ފުރިހަމަކުރެވޭ ވަރަށް ރާއްޖެއަށް ވެކްސިން ގެނެވިއްޖެ ކަމަށާއި އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 90 ޕަސެންޓް މީހުންނަށް ވެކްސިން ޖަހައި ނިންމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.