Advertisement

ހިޔާ ފްލެޓްގެ ހައްލު ރެޑްވޭވުން: އަގުވެސް ހެޔޮ!

15 އޮގަސްޓު 2021 - 12:39 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ މެގަމޯލް


ހިޔާ ފްލެޓްގެ ހައްލު ރެޑްވޭވުން: އަގުވެސް ހެޔޮ!

15 އޮގަސްޓު 2021 - 12:39 0

ހިޔާ ފްލެޓް ލިބުނު މީހުން އެހެން ހުރިހާ ކަމެއް ހުއްޓާލައި، އެ އުޅެނީ ފްލެޓުގެ ފިނިޝިންގެ މަސައްކަތަށް ބޭނުންވާ ސާމާނު ހޯދުމުގަ އެވެ. ގަންނާނެ ތަކެތީގެ ބްރޭންޑާއި، ކޮލެޓީ އާއި، ބަޖެޓް އޮތީ އެ މީހެއްގެ ޖީބަށް ކުޅަދާނަވާ މިންވަރަކަށެވެ. ފްލެޓަށް ބަދަލުވުމަށް އެއްފަހަރާ ބޮޑު ހަރަދެއް ކުރަން ޖެހޭއިރު، ފެންވަރު ރަނގަޅު ތަކެތި ހެޔޮ އަގެއްގައި ލިބޭނެ ގޮތް ވުމަށް އެދެވެ އެވެ. މި ފަހަރު މި ގެނެސްދެނީ ރެޑްވޭވްގެ ފިހާރަތަކުން، ހެޔޮ އަގެއްގައި ގަނެލެވިދާނެ ތަކެތީގެ ލިސްޓެކެވެ. މިއީ ހިޔާ ފްލެޓްތަކަށް ބޭނުންވާނެ ސާމާނެވެ.


ހައިސެންސް އެޗްޑީ ޓީވީ، 32 އިންޗް

މިއީ ދިވެހިންނަށް އާ ބްރޭންޑެއް ނޫނެވެ. ޓީވީ ސީރީޒްތަކާއި ފިލްމުތައް، އަދި އެހެން ކޮންޓެންޓް ވެސް އޭގެ އެންމެ ފުރިހަމަ ކުލަތަކާއި އަޑުގެ ފުރިހަމަކަމާއެކު ބަލާލެވޭނެ އެވެ. އެޗްޑީއެމްއައި އަދި ޔޫއެސްބީ ސަޕޯޓްކުރެ އެވެ. އެއް އަހަރުގެ ވޮރަންޓީ ލިބޭ 32 އިންޗީގެ މި ޓީވީއާ ގަޔާ ނުވާނަމަ، ބޭނުން ސައިޒެއް ލިބެން އެބަ ހުއްޓެވެ. ބައްތިރީސް އިންޗިން ފެށިގެން 100 އިންޗީގެ ބިޔަ ޓީވީ ވެސް ލިބެން އެބަ ހުއްޓެވެ. އަގުތައް ވެސް ރަނގަޅެވެ.

ހައިސެންސް ބްރޭންޑްގެ އިތުރުން ރެޑްވޭވުން ޓޮޝިބާ އަދި ސެމްސުންގެ ޓީވީ ލިބެން އެބަ ހުއްޓެވެ.

ހައިސެންސް އެއާ ކޮންޑިޝަން


ހައިސެންސް އެއާކަންޑިޝަން

އެއާ ކަންޑިޝަން ނުކޮށް މިހާރު އުޅުމަކީ އުނދަގޫ ކަމެކެވެ. ފެންވަރު ރަނގަޅު އެއާ ކަންޑިޝަނެއް ރަނގަޅު އަގެއްގައި ހޯދުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ހައިސެންސްއަކީ މުޖައްރިބު ބްރޭންޑެކެވެ. ކުދި އެޕާޓްމެންޓްތަކުގެ ކޮޓަރިތަކަށް އެންމެ ހެޔޮވަރު 10،000 ބީޓީޔޫގެ އެއާކަންޑިޝަން ވަރަށް ހެޔޮ އަގެއްގައި ލިބެން އެބަ ހުއްޓެވެ.

ހައިސެންސް ބްރޭންޑްގެ އިތުރުން ޝާޕް އަދި އެލްޖީ ބްރޭންޑްގެ އިންވާޓާ އެއާ ކަންޑިޝަން ވެސް ލިބެން އެބަ ހުއްޓެވެ. އެއް އަހަރުގެ ވޮރަންޓީ ވެސް ލިބެ އެވެ.

ރެޑްވޭވްގެ މެގަމޯލްގައި ވިއްކަން ހުރި ސޯފާތައް.


ސޯފާ ބެޑް

ކުދި ޖާގަތަކަށް އެންމެ ބުއްދިވެރި ގޮތަކީ ދެ ބޭނުން ހިފޭ ތަކެތި ހޯދުމެވެ. ސިޓިން ރޫމުގައި ސޯފާއަކަށް ބޭނުންކުރެވޭ އަދި ބޭނުންވެއްޖެ ހިނދެއްގައި އަރާމު އެނދަކަށް ބަދަލުކޮށްލެވޭ ސޯފާ ވެސް ރެޑްވޭވްގައި އެބަ ހުއްޓެވެ. ރާއްޖޭގެ ފިހާރަތަކުގެ ތެރެއިން އެންމެ ގިނަ ވައްތަރުގެ ސޯފާ ލިބެން ހުރީ ވެސް ރެޑްވޭވުންނެވެ.

ބެޑްރޫމް ސެޓް

ރެޑްވޭވްގައި ވަކިން ވިއްކާ އެނދުގެ އިތުރަށް، ފުޑް ބެޑްރޫމް ސެޓް އެބަ ހުއްޓެވެ. ގަޔާވާ ތީމެއް ހިޔާރުކޮށްލެވޭނެ އެވެ. އެކި އަގުތަކުގައި، ފެންވަރު ރަނގަޅު ތަކެތި އެބަ ހުއްޓެވެ. އަގުހެޔޮކޮށް ބެޑްރޫމް ސެޓް ގަތުމަށް ވުރެ ބުއްދިވެރި ގޮތަކީ އަމިއްލަ ފްލެޓަށް، ފެންވަރެއް ވެސް ހުރި ތަކެތި އަތުރާލުމެވެ. އޭރުން އަހަރު އެއްފަހަރު ފަރުނީޗަރު އާކުރުމުގެ އުނދަގުލާއި މާލީ ބުރައެއް ނުޖެހޭނެ އެވެ.

ދޮންނަ މެޝިން


ދޮންނަ މެޝިނާއި އައިސް އަލަމާރި

ދޮންނަ މެޝިންގެ އާއި އައިސް އަލަމާރީގެ ވެސް އެކި ބްރޭންޑްތަކާއި އެކި ސައިޒުތައް އެބަ ހުއްޓެވެ. އެ ބްރޭންޑްތަކުގެ ތެރޭގައި ޝާޕް، އެލްޖީ އަދި ހައިސެންސް ހިމެނެ އެވެ. މިފަދަ ތަކެތި ރަނގަޅު އަގެއްގައި ލިބުމުގެ ދަތިކަން ހުރި ނަމަވެސް، ރެޑްވޭވްގައި ސްޓޮކް އެބަ ހުއްޓެވެ. ދޮންނަ މެޝިނާއި އައިސް އަލަމާރި ނަގާއިރު ވެސް ކަރަންޓް ހަރަދު ކުޑަވާނެ ތަކެތި ނަގަން ވިސްނަން ޖެހެ އެވެ. ރެޑްވޭވުން މި ބާވަތްތަކުގެ އިންވާޓާ ތަކެތި ވެސް ލިބެން އެބަ ހުއްޓެވެ.

ލިސްޓުގައި ވަކިން ހިމަނާ ނުލި ނަމަވެސް، ގޭތެރެއަށް ބޭނުންވާ ތެލި ސަމްސާއިން ފެށިގެން ކެއްކުމާއި ކެއުމަށް ބޭނުންވާނެ ހުރިހާ ސާމާނަކާއި ސާފުތާހިރު ކަމަށް ބޭނުންވާނެ ހުރިހާ ތަކެއްޗެއް އަދި އެޕާޓްމެންޓް ޑެކަރޭޓްކުރަން ބޭނުންވާ ތަކެތި ވެސް ލިބެން އެބަ ހުއްޓެވެ. މުޅިން ވެސް ފެންވަރު ރަނގަޅު އަގުހެޔޮ ސާމާނެވެ.

އަތުގައި ފައިސާ ނެތިގެން ހާސް ނުވާށެވެ. އިސްލާމިކް ބޭންކުގެ "އުޖާލާ ދިރިއުޅުން" ސްކީމް މެދުވެރިކޮށް ރެޑްވޭވުން ތަކެތި ނެގޭނެ އެވެ.