Advertisement

ލީޒާސް ފާމް ޗޮކްލެޓް ސްޕްރެޑާއި ޕީނަޓް ބަޓަރު ތައާރަފުކޮށްފި

11 އޮގަސްޓު 2021 - 15:01 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ލީޒާސް ފާމްގެ ޗޮކްލެޓް ސްޕެރެޑާއި ޕީނަޓް ބަޓަރު


ލީޒާސް ފާމް ޗޮކްލެޓް ސްޕްރެޑާއި ޕީނަޓް ބަޓަރު ތައާރަފުކޮށްފި

11 އޮގަސްޓު 2021 - 15:01 0

ދެބަސްވުމެއް ނެތެވެ؛ ޖޭމަށް ލޯބިކުރާ ފަރާތްތަަކަށް އެންމެ ކަމުދަނީ ލީޒާސް ފާމް ޖޭމެވެ.

ސަނީ އެންޓަޕްރައިޒަސްއިން ރާއްޖެއަށް އެތެރެކޮށް ވިއްކާ މި މަރުކާއަށް އިތުރު ތައާރަފެއް ބޭނުމެއް ނުވެއެވެ. ގޭގެ ސުފުރާ މަތިންނާއި ކެފޭ، ރެސްޓޯރެންޓްތަކުގެ މޭޒު މަތިން މި ޖޭމު ވަނީ ވަރަށް ބޮޑު ޖާގަ ހޯދައިފަ އެވެ. އެންމެން ވެސް ގަޔާވާ، ރަހަމީރުކަން މުޖައްރިބެވެ.

މި ކާމިޔާބުގެ ތަޖުރިބާއާއެކު ސަނީ އެންޓަޕްރައިޒަސްއިން މި ފަހަރު މި ދެނީ ޗޮކްލެޓް ސްޕެރެޑާއި ޕީނަޓް ބަޓަރަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ހަބަރެކެވެ. ލީޒާސް ފާމް ޗޮކްލެޓް ސްޕްރެޑާއި ޕީނަޓް ބަޓަރު ރާއްޖޭގެ ބާޒާރުގައި މިހާރު ލިބެން އެބަ ހުއްޓެވެ.

ނުލާހިކު ރަހަ މީރެވެ. ރޮށި ނުވަތަ ޕާނުގައި ޖަހައިގެން ހެނދުނުގެ ނާސްތާގެ އިތުރަށް، ނުވަގަޑިއަށް ވެސް ބޭނުންކޮށްލެވޭނެ އެވެ. ބުރަކޮށް އުޅޭ ވަގުތުގައި އަނގަޔަށް މީރު ކެއުމެއް ލީޒާސް ފާމް ޗޮކްލެޓް ސްޕްރެޑާއި ޕީނަޓް ބަޓަރުން ތައްޔާރުކޮށްލެވިދާނެ އެވެ.

މި މަރުކާގެ ޗޮކްލެޓް ސްޕްރެޑްގެ 350 ގްރާމުގެ ފުޅިއެއްގެ ރޭޓެއިލް އަގަކީ 65 ރުފިޔާއެވެ. ޕީނަޓް ބަޓަރުގެ ކްރީމީ އާއި ކްރަންޗީގެ 220 ގްރާމުގެ ފުޅިއެއް އުޅެނީ 35 ރުފިޔާއަށެވެ.