Advertisement

މޮލްފިކްސް ނެޕީއަށް ބޮޑު ތަރުހީބެއް

8 އޮގަސްޓު 2021 - 15:16 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މޮލްފިކްސް ނެޕީ ޕްރޮމޯޝަންގެ ޕޯސްޓަރު


މޮލްފިކްސް ނެޕީއަށް ބޮޑު ތަރުހީބެއް

8 އޮގަސްޓު 2021 - 15:16 0

ރެޑްވޭވުން ކުރިއަށް ގެންދާ ހިލޭ މާސްކް ލިބޭ ޕްރޮމޯޝަނާއެކު، މޮލްފިކްސް ނެޕީއަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ބައްލަވައިގަންނަވާ މޮލްފިކްސްގެ ކޮންމެ ނެޕީ ބޮނޑިއަކާއެކު "އެވޮނީ" ބްރޭންޑްގެ ޑިސްޕޯސެބަލް 10 މާސްކް ހިމެނޭ ޕެކެއް ލިބިގެންދާ މި ޕްރޮމޯޝަން ރެޑްވޭވްގެ ހުރިހާ ސުޕަމާކެޓް ފިހާރަތަކެއްގައި މިހާރުވެސް ކުރިއަށް ގެންދެއެވެ.

މޮލްފިކްސް ބްރޭންޑަކީ މަދު ދުވަސްކޮޅެއްގެ ތެރޭ ކަސްޓަމަރުންގެ މެދުގައި މަޤްބޫލުވެގެން ދިޔަ، އޭގައި އެކުލެވިގެންވާ އެލޯވެރާ އަދި ކެމޮމައިލް އެކްސްޓްރެކްޓްސްގެ އިތުރުން "އެނެޓޮމިކް" ފިޓްގެ ސަބަބުން ތުއްތު ދަރިފުޅުގެ ހަންގަނޑަށް އަރާމު އަދި ލީކްވުމުން ދުރު ނެޕީއެކެވެ. އަދި ނެޕީ ތެތްވާ މިންވަރު އަންގައިދޭ އިންޑިކޭޓައެއްގެ އޭގައި ހިމެނޭ މި ނެޕީ ފާހަގަވެގެންދަނީ ބާޒާރުގައި ހުރި އެހެން ބްރޭންޑްތަކަށްވުރެ އަގު ހެޔޮ އަދި ކޮލިޓީ އެހާމެ ރަނގަޅު ނެޕީއެއްގެ ގޮތުގައެވެ.

ރެޑްވޭވްގެ އަމާޒަކީ ކޮލިޓީ ރަނގަޅު ތަކެތި އެންމެ ހެޔޮއަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުންކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ މުދާ އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރެޑްވޭވުން ބުނެއެވެ.