Advertisement

ދަރިވަރުންގެ ރައްކާތެރިކަމަށް ވެކްސިން ކެމްޕޭނެއް

5 އޮގަސްޓު 2021 - 13:37 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ވެކްސިން ޖެހުމަށް ރަޖިސްޓާ ކުރަނީ: ކެމްޕޭނުގައި ބޭނުން ކުރާ ޝިއާރަކީ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުން ކަމަށް މިނިސްޓްރީން ބުނޭ-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު


ދަރިވަރުންގެ ރައްކާތެރިކަމަށް ވެކްސިން ކެމްޕޭނެއް

5 އޮގަސްޓު 2021 - 13:37 0

ކޮވިޑުގައި ވޭތުވެދިޔަ އަހަރު ދަރިވަރުން ސްކޫލަށް ނުދެވި ކުރި ތަޖުރިބާ ތަކުރާރުވިޔަ ނުދޭން ހާއްސަ ވެކްސިން ކެމްޕޭނެއް ތައުލީމީ ދާއިރާގައި ފަށައިފި އެވެ.

"ދަރިވަރުންނަށް ރައްކާތެރިކަން" ނަމުގައި ތައުލީމީ ދާއިރާއަށް ހާއްސަކޮށްގެން ކެމްޕޭނެއް ފެށީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، ދަރިވަރުންނާ ގުޅުން ހުރި ހުރިހާ ފަރާތްތައް ވެސް ކޮވިޑުން ރައްކާތެރި ކުރުމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ކެމްޕޭނުގެ މަގުސަދަކީ ތައުލީމީ ދާއިރާގެ އެންމެންނަކީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ބަޔަކަށް ހެދުން ކަމަށެވެ.

އެ ކެމްޕެއިންގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ޓީޗަރުންނާއި، ތައުލީމީ ދާއިރާގެ މުވައްޒަފުން މެދުވެރިކޮށް ދޭނެ ކަމަށް މިނިސްޓްރީން ބުންްޏެވެ. އެ ކެމްޕޭން ސްކޫލުތަކުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ކުރިއަށް ގެންދެ އެވެ.

ދަރިވަރުންނާ ގުޅުން ހުރި ހުރިހާ ފަރާތްތަކަކީ ވެސް ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކުރަން ކުރާ މަސައްކަތުގައި ގިނަ ބަޔަކު މިހާރު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ.

ވެކްސިން މިހާތަނަށް ފުރިހަމަކޮށްފައި ނުވާ މީހުން ވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ވެކްސިން ޖެހުމަށް ސްކޫލްތަކަށް ވަނީ އަންގައިފަ އެވެ. ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި މިނިސްޓްރީން ނިންމާފައި އޮތީ, ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުކުރާ މީހުން ސެޕްޓެމްބަރު މަހުން ފެށިގެން ސްކޫލްތަކަށް ނުވައްދާ ގޮތަށެވެ.