Advertisement

ސްޓެލްކޯއަށް ނާންގާ ކައުންސިލުން ބިމެއް ހުސްކުރުމުން ޕޮލިހަށް

3 އޮގަސްޓު 2021 - 15:26 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

އިންޑަސްޓްރިއަލް ޒޯނުން ސްޓެލްކޯއަށް ދީފައިވާ ބިން ސިޓީ ކައުންސިލުން ހުސްކުރުމުން ފުލުހުން ހަރަކާތްތެރިވަނީ: އެ މައްސަލަ ޕޮލިހަށް ހުށަހެޅީ ސްޓެލްކޯއިން-- ފޮޓޯ: ސްޓެލްކޯ


ސްޓެލްކޯއަށް ނާންގާ ކައުންސިލުން ބިމެއް ހުސްކުރުމުން ޕޮލިހަށް

3 އޮގަސްޓު 2021 - 15:26 0

މާލޭ އިންޑަސްޓްރިއަލް ޒޯނުން ސްޓެލްކޯއަށް ދީފައިވާ ބިމެއްގައި ސާމާނުތަކެއް ބަހައްޓާފައި ވަނިކޮށް އެ ކުންފުންޏަށް ނާންގާ ސިޓީ ކައުންސިލުން އެތައް ހުސްކުރި މައްސަލަ ޕޮލިހަށް ހުށަހަޅައިފި އެވެ.

އެ ކުންފުނިން މާލޭގައި ގާއިމު ކުރާ ސަބްސްޓޭޝަންގެ ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ތަކެތި ވަގުތީ ގޮތުން ބެހެއްޓުމަށް، ދީފައިވަނީ މޭރީ ބްރައުން ކުރިމަތީ އޮންނަ ބިމެވެ. މިދިޔަ ސަރުކާރުގައި ސްޓެލްކޯއަށް ދީފައިވާ އެ ބިން ހުރީ ފެންސް ޖަހައި ބަންދުކޮށްފަ އެވެ. އަދި ސްޓޯރޭޖެއްގެ ގޮތުގައި ބޭނުންކޮށް ބައެއް ސާމާނު ވެސް ހުރީ ބަހައްޓައިފަ އެވެ.

ސްޓެލްކޯގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ އެތަނުގެ ފެންސް ވެސް ނަގައި ބަހައްޓާފައި ހުރި ބައެއް ސާމާނު ވެސް ގެންގޮސްފައިވާ ކަމަށެވެ. އެތަން ހުސްކުރަމުން ދަނީ ސިޓީ ކައުންސިލްގެ މުވައްޒަފުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެއީ މި ކުންފުންޏަށް ވަރަށް މުހިންމު ބިމެއް. އެތަން ހުސްކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް އަޅުގަނޑުމެންގެ،" އޮފިޝަލް ވިދާޅުވި އެވެ.

ސްޓޭލްކޯއަށް ދީފައިވާ ބިން ސިޓީ ކައުންސިލުން ހުސްކޮށްފައި: އެ މައްސަލަ ޕޮލިހަށް ހުށަހެޅީ ސްޓެލްކޯއިން-- ފޮޓޯ: ސްޓެލްކޯ


ފުލުހުން މިއަދު ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް އެ ސަރަހައްދަށް ގޮސް ފޮޓޯވެސް ނަގައި ހަދައިފަ އެވެ.

އޭނާ ވިދާޅުވީ އެކަންބޮޑުވުންތައް ޕްލޭނިން މިނިސްޓްރީއާ ހިއްސާކޮށް ފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާ "އަދަދު" އިން ސުވާލު ކުރުމުން ވިދާޅުވީ އެފަދަ ކަމެއް ހިނގިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މުސްތަގުބަލުގައި އެ ބިން ބޭނުން ކުރަން ސްޓެލްކޯއިން ނިންމާފައިވަނީ ބުރިޖާއެކު މާލެ އާއި ގުޅީފަޅު ގުޅާލުމުން އެ ބްރިޖުން ގުޅޭ ރަށްތަކަށް ކަރަންޓް ދިނުމަށް ބޭނުން ކުރާނެ ޓްރާންސްފޯމަރު ބެހެއްޓުމަށެވެ. އޭގެ އިތުރުން ސޯލާ ބެޓެރި ސިސްޓަމެއް އެ ތާ ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ.