Advertisement

ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި

3 އޮގަސްޓު 2021 - 14:48 1

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޖާބިރު: އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައި. --ފޮޓޯ/ މަޖިލިސް


ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި

3 އޮގަސްޓު 2021 - 14:48 1

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ މުވައްޒަފުންތަކަކަށް މުސާރަ ނުދިން މައްސަލައެއްގަ އެވެ. ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމަށް ދެ ފަހަރެއްގެ މަތިން މިދިޔަ ހަފުތާގައި މަސައްކަތް ކުރެއްވިއަސް ފުރާވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.

ޖާބިރު މިއަދު މެންދުރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި އޮށޯންނަވައިގެން އިހްތިޖާޖް ކުރައްވައިފަ އެވެ. އެކަމަކު ހިތްހަމަޖެހިވަޑައިނުގެން އެކި ފަރާތްތަކަށް ފާޑުވިދާޅުވަމުން ގެންދެވީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ.

އޭނާ އަޑުގަދަ ކުރައްވާތީ އެ ސަރަހައްދުން ގެންދެވުމަށް އަނބިކަނބަލުން ދިޔާނާ ސައީދު ވެސް ވަޑައިގަތެވެ. އެކަމަކު ދިޔާނާއާ އެކު ޖާބިރު އެ ސަރަހައްދުން ވަޑައެއް ނުގަތެވެ.