Advertisement

ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްފި

3 އޮގަސްޓު 2021 - 12:26 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ދައުވާކުރަން ފޮނުވާފައިވާ ތިން މީހުން: ހަތަރު މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފައި --


ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްފި

3 އޮގަސްޓު 2021 - 12:26 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

އެކަން ހާމަކުރައްވާފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދާދިދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ. ހަމީދު ވަނީ އެ މައްސަލާގެ ތަހުގީގުގައި ބައިވެރިވި ފުލުހުންގެ އޮފިސަރުން ކުރި މަސައްކަތަށް ސާބަސް ދެއްވާފަ އެވެ.

ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް ހަމީދު ވިދާޅުވި ނަމަވެސް، އޭގެ ތަފްސީލެއް ނުދެއްވަ އެވެ. ދައުވާ އުފުލީ ކޮން ބައެއްގެ މައްޗަށް ކަމެއް ވެސް ވިދާޅެއް ނުވެ އެވެ.

ނަމަވެސް، ފުލުހުން އެންމެ ފުރަތަމަ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށެވެ. އެއީ، އަހުމަދު އަދުހަމް، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 އަދި އަހުމަދު ފާތިހު، 23، އެވެ.

އޭގެއިތުރުން ދެން ދައުވާކުރުމަށް ފޮނުވާފައިވަނީ ބޮން ގޮއްވާލި ސައިކަލްގައި އެ ބޮން ހަރުކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރި ކަމަށް ތުހުމަތުވާ އަލީ ހައިޝަމްގެ މައްޗަށެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ ދައުވާ އުފުލާފައިވާ މީހުންނާއި އުފުލި ދައުވާތަކާ ގުޅޭ ތަފްސީލް ދެއްވުމަށް މިއަދު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ނިންމަވާފަ އެވެ. މިހާތަނަށް އެ އޮފީހުން ތަފްސީލްތައް ހާމަކޮށްފައެއް ނުވެ އެވެ.

ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ދައުވާކުރަން ފޮނުވާފައިވާ ފަސް މީހުންގެ އިތުރުން ތިބީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީ އާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް އަދި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކެވެ.

މީގެތެރެއިން އިސްހާގާއި ތަސްލީމަކީ ހަމަލާގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުވާ ދެ މީހުންނެވެ. އަދި އަބްދުﷲ އަލިމަނިކަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމަށް އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށާއި އަދުހަމް ފިލުވުމާއި ހެކި ނައްތާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުވާ މީހެކެވެ.