Advertisement

ފުވައްމުލަކުގެ ކަރަންޓް މައްސަލަ މެންދުރުފަހު ހައްލުވާނެ

3 އޮގަސްޓު 2021 - 11:11 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ފުވައްމުލަކަށް ގެންދިޔަ ފޯމަރު ބޭލުމުގެ މަސައްކަތް ކުރަނީ: މިހާރު ހިދުމަތް ދެމުން އަންނަނީ އެ ރަށުގައި ހުރި ޓްރާންސްފޯމަރެއް ބޭނުން ކޮށްގެން ކަމަށް ކައުންސިލުން ބުނޭ-- ފޮޓޯ/ ފުވައްމުލަކު ކައުންސިލް


ފުވައްމުލަކުގެ ކަރަންޓް މައްސަލަ މެންދުރުފަހު ހައްލުވާނެ

3 އޮގަސްޓު 2021 - 11:11 0

ފުވައްމުލަކަށް އިއްޔެ ދިމާވި ކަރަންޓާއި ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް މިއަދު މެންދުރު ފަހު ލިބޭނެ ކަމަށް ކައުންސިލުން ބުނެފި އެވެ.

އާބާދީގައި 10،000 މީހުން އުޅޭ ސިޓީގައި ފެނާއި ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ކަރަންޓުގެ ހިދުމަތް ދޭން ބޭނުންކުރާ 2500 ކިލޯވޯޓުގެ މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުންނެވެ. އެ މައްސަލަ އިއްޔެ ހައްލު ނުކުރެވުނީ އައްޑޫން ލޭންޑިން ކްރާފްޓެއްގައި ފޯމަރު ގެންދަން ޖެހުމުންނެވެ.

ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު "އަދަދު"އަށް ވިދާޅުވީ ފޯމަރު މިއަދު ހެނދުނު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ އިންޖީނުގެއަށް ގެންދިއުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

ފުވައްމުލަކަށް ގެނައި ފޯމަރުގެ ބައިތައް އިންޖީނުގެއަށް ގެންދަނީ-- ފޮޓޯ: ފުވައްމުލަކު ކައުންސިލް


ކަރަންޓާއި ފެނާ ނުލައި ދަތިތަކަކާ ކުރިމަތިވާނެތީ އިއްޔެ ވެސް އެ ރަށަށް ވަގުތީ ހައްލުތަކެއް ހޯދައި ދިނެވެ.

ގިނަ ގެތަކަށް އިއްޔެ ކަރަންޓް ދިނީ އެ ރަށުގައި ހުރި ޓްރާންސްފޯމަރެއް ބޭނުންކޮށްގެންނެވެ.