Advertisement

އިރާނުގައި އެއް ދުވަސް ތެރޭ 37،000 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

3 އޮގަސްޓު 2021 - 06:01 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގެ މާކެޓެއްގައި ކޮވިޑުން ރައްކާތެރިވާން މާސްކު އަޅައިގެން.-- ފޮޓޯ: އީޕީއޭ


އިރާނުގައި އެއް ދުވަސް ތެރޭ 37،000 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

3 އޮގަސްޓު 2021 - 06:01 0

ތެހްރާން، އިރާން (އޯގަސްޓު 2) - ބަލިމަޑުކަން ފެށުނު ފަހުން އިރާނުގައި ރިކޯޑް އަދަދަކަށް އެއް ދުވަސް ތެރޭ 37،000 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ފާއިތުވި ތިން މަސް ތެރޭ ރިކޯޑް އަދަދަށް މީހުން މަރުވެއްޖެ އެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އިރާނުން 37،189 ކޭސް ފެނިފައި ވެ އެވެ. އެއާއެކު އެ ގައުމުގެ ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 3.9 މިލިއަނަށް އަރާފަ އެވެ.

ހެލްތު މިނިސްޓްރީން ބުނެފައި ވަނީ މިހާރު އިރާނަށް ކުރިމަތިވެގެން އުޅެނީ ފަސް ވަނަ ރާޅެއް ކަމަށެވެ. މި ރާޅުގައި ފާއިތުވި ދެ ހަފްތާ ތެރޭގައި ހަތަރު ފަހަރު މަތިން ރިކޯޑް އަދަދަށް ކޭސްތައް މަތިވެފައި ވެ އެވެ.

މެދުއިރުމަތީގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްކޮށް އޮތް އިރާނުގައި ފާއިތުވި 24 ގަޑިއިރު ތެރޭ 411 މީހުން މަރުވި އެވެ. އެއާއެކު އެ ގައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 91،407 އަށް މަތިވެފަ އެވެ.

ހެލްތު މިނިސްޓްރީން ބުނެފައި ވަނީ ކޭސްތަކާއި މީހުން މަރުވާ އަދަދު އިތުރުވެގެން އުޅެނީ ފިޔަވަޅުތަކާ ހިލާފަށް މީހުން އުޅޭތީ ކަމަށާއި ޑެލްޓާ ވޭރިއެންޓު ވެސް ފެތުރެމުން ދާތީ ކަމަށެވެ.

ޑެޕިއުޓީ ހެލްތު މިނިސްޓަރު އިރާޖް ހަރިރްޗީ ހޯމަ ދުވަހު ވިދާޅުވީ މި ހާލަތު ބަދަލު ނުވާ ނަމަ ދުވާލެއްގެ މައްޗަށް މަރުވާ މީހުން އަދަދު 500 އަށް އަރާނެ ކަމަށެވެ.

އިރާނުން އުއްމީދު ކުރަނީ ވެކްސިން ދީގެން ބަލި ކޮންޓްރޯލް ކުރުމަށެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ފެށި ވެކްސިން ޕްރޮގްރާމް ކުރިއަށް ދަނީ ވަރަށް މަޑު ދުވެއްޔެއްގަ އެވެ.

އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޭރުގެ ކުންފުނިތަކަށް ފައިސާ ޓްރާންސްފާ ކުރުމަކީ އިރާނަށް އޮތް ގޮންޖެހުމެކެވެ. ވެކްސިން އިމްޕޯޓް ކުރުމުގައި ދަތިވަނީ އެހެންވެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިހާތަނަށް 10.2 މިލިއަން އެއް ޑޯޒް ޖަހާފައި ވާއިރު 2.7 މިލިއަން މީހުން ދެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށެވެ.