Advertisement

ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމް: މިއަހަރު 15 ދަރިވަރުން، މުސާރަ ވެސް ދޭނެ

1 އޮގަސްޓު 2021 - 22:25 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ބީއެމްއެލްގެ އިންޓާންޝިޕެއްގެ ދަރިވަރުން: މީގެ ކުރިން ބައިވެރި 14 ދަރިވަރުންގެ ތެރެއިން 12 ކުއްޖަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހަމަޖެހުނު -- ފޮޓޯ: ބީއެމްއެލް


ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމް: މިއަހަރު 15 ދަރިވަރުން، މުސާރަ ވެސް ދޭނެ

1 އޮގަސްޓު 2021 - 22:25 0

ބީއެމްއެލްއިން ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމް މި އަހަރު ވެސް ކުރިޔަށް ގެންދިއުމަށް ނިންމައިފި އެވެ.

ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ބީއެމްއެލްއިން ހިންގާ އެއިންޓާންޝިޕް ޕްރޮގްރާމުގައި މި ފަހަރު 15 ދަރިވަރަކު ބައިވެރިކުރެ އެވެ.

ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖްގެ ޑައިރެކްޓަ ސަހާ ވަހީދު ވިދާޅުވީ އެއް އަހަރު ދުވަހަށް ކުރިއަށް ގެންދާ މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން އެ ބޭންކުގައި ނުވަތަ މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދަން ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ގްރެގުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގެ ތިން ވަނަ ބެޗް ގެ ބައިވެރިންނަށް މަރުހަބާ ކިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ޕްރޮގްރާމަކީ ދަސްވެނިންނަށް އުނގެނުމާއި ބޭންކުގެ އެކިއެކި ޑިޕާޓްމަންޓުތަކުގައި ވަޒީފާގެ ތަޖުރިބާ ހޯދާ ދަރިވަރުންގެ ޕްރޮފެޝަނަލް ހުނަރު ފުޅާ ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް،" ސަހާ ވިދާޅުވި އެވެ.

މިއީ މުސާރަ ދޭ އުސޫލުން ހިންގާ އިންޓާންޝިޕް ޕްރޮގްރާމެކެވެ. މީގެ ތިން އަހަރު ކުރިން 2018 ވަނަ އަހަރު ތައާރަފުކުރި މި ޕްރޮގްރާމުގައި ކުރީގެ ދެ ފަހަރުގައި 30 ފަރާތަކުން ބައިވެރިވެފައިވާއިރު އޭގެތެރެއިން 14 ފަރާތަކަށް ބީއެމްއެލްގެ ދާއިމީ ވަޒީފާ ހަމަޖެހުނެވެ.

ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓުން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ވިދިވިދިގެން ތިންވަނަ ފަހަރަށް ބޭންކް އޮފް މޯލްޑިވްސް އަށް ވަނީ ލިބިފަ އެވެ.