Advertisement

ކާބޯތަކެއްޗަށް އަސަރު ކުރާތީ ކުޑަކުދިންނަށް ކާން ދޭ ތައްޓެއް ވިއްކުން މަނާކޮށްފި

1 އޮގަސްޓު 2021 - 18:36 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މުޝީ ބްރޭންޑުގެ ތައްޓެއް: ވަކި ގޮތެއް އަންގަންދެން މި ބްރޭންޑުގެ ތަށި ބޭނުން ނުކުރަން ވަނީ އަންގައިފަ -- ފޮޓޯ: މުޝީ ޕީއާރް


ކާބޯތަކެއްޗަށް އަސަރު ކުރާތީ ކުޑަކުދިންނަށް ކާން ދޭ ތައްޓެއް ވިއްކުން މަނާކޮށްފި

1 އޮގަސްޓު 2021 - 18:36 1

ކުޑަކުދިންނަށް ކާނާ ދިނުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ތައްޓެއްގައި ހިމެނޭ މާއްދާތަކުގެ އަސަރު ކާބޯތަކެއްޗަށް ކޮށްފާނެތީ އެ ބްރޭންޑުގެ ތަށިތައް ވިއްކުން ދިވެހިރާއްޖޭގައި މިއަދު މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ބުނީ "މުޝީ" (Mushie) ބްރޭންޑުގެ ސިލިކޯން ސަކްޝަން ޕްލޭޓް އަދި ސިލިކޯން ސްނެކް ކަޕުން "ކާބޯތަކެއްޗަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބެލެވޭ" ކަމަށެވެ.

މުޝީ ބްރޭންޑުގެ ސްނެކް ކަޕް: މި ތަކެތި ރާއްޖެ އެތެރެވެފައިވާ ކަމުގެ މައުލޫމާތު އެފްޑީއޭއަށް ވަނީ ލިބިފައި -- ފޮޓޯ: މުޝީ ޕީއާރް


މުޝީ ބްރޭންޑުގެ އެ ތަށިތައް ރާއްޖެ އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެން ފީޑުން އެ އިދާރާއަށް އަންގާފައިވާ ކަމަށް ވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވެ އެވެ.

"ވީމާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އޮތޯރިޓީއިން ވަކި ގޮތެއް އަންގަންދެން މުޝީ ބްރޭންޑުގެ ސިލިކޯން ސަކްޝަން ޕްލޭޓް އަދި ސިލިކޯން ސްނެކް ކަޕް ނުވިއްކުމަށާއި ކާބޯތަކެތި އެޅުމަށް ބޭނުން ނުކުރުމަށް އަންގަން،" އެ ބަޔާނުގައިވެ އެވެ.

އެމެރިކާގެ ބްރޭންޑެއް ކަމަށްވާ މުޝީއަކީ 2018 ވަނަ އަހަރު މުޝީ އެންޑް ކޯ، އެލްއެލްސީ، ނަމަކަށް ކިޔާ ކުންފުންޏަކުން ތައްޔާރު ކުރި ބްރޭންޑެކެވެ. ކުޑަކުދިންނާ ގުޅޭ ސާމާނު އުފައްދާ މުޝީ މަޝްހޫރުވެފައި ވަނީ އޯގެނިކް މާއްދާތަކުން ތަކެތި އުފައްދާ ބައެއްގެ ގޮތުގަ އެވެ.