Advertisement

ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުކުރާ މީހުން ސެޕްޓެމްބަރުން ފެށިގެން ސްކޫލްތަކަށް ނުވައްދަން ނިންމައިފި

1 އޮގަސްޓު 2021 - 14:58 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ވެކްސިން ޖެހުމަށް ރަޖިސްޓާ ވަނީ: ސްކޫލުތަކުގެ މުވައްޒަފުންނަށް ވެކްސިން ޖެހުމަށް އެޑިއުކޭޝަނުން ވަނީ އަންގާފަ-- ފޮޓޯ/ ހުސެން ޝަޔާހު/ އަދަދު


ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުކުރާ މީހުން ސެޕްޓެމްބަރުން ފެށިގެން ސްކޫލްތަކަށް ނުވައްދަން ނިންމައިފި

1 އޮގަސްޓު 2021 - 14:58 0

އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސްކޫލުތަކަށް ވަދެ ނުކުމެވޭނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މި ނިންމުމުގެ ކުރިން އޮތީ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ހުރިހާ ޓީޗަރުންނާއި ސްކޫލްތަކުގެ މުވައްޒަފުން ވެކްސިން ޖަހަން އަންގައިފަ އެވެ.

ވެކްސިން ނުޖަހާ މީހުން ސްކޫލްތަކަށް ނުވައްދަން ނިންމީ އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި ދަރިވަރުންގެ ކިޔެވުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް ސްކޫލުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ.

"ސްކޫލުތަކަށް ވަދެ ނިކުމެވޭނީ ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ދެވޭ ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ." އެޑިއުކޭޝަނުގެ ބަޔާނުގައިވެ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. ވެކްސިން ހޯދަން ސަރުކާރުން ކުރި މަސައްކަތުން މިހާރު ވަނީ ވެކްސިން ޖެހޭ އާބާދީގެ މިހާތަނަށް ނުޖަހާ ތިބި އެންމެންނަށް ދެ ޑޯޒު ފުރިހަމަކުރެވޭ ވަރަށް ވެކްސިން ހޯދައިފަ އެވެ.

ކޮވިޑު ރާއްޖޭގައި ފެތުރި ދަރިވަރުންނަށް ނުރައްކާ ބޮޑުވުމުން ސްކޫލްތައް ބަންދުކޮށް ކިޔެވުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. ކޮވިޑާ ހެދި އެކަޑަމިކް ކަލަންޑަރަށް ވެސް ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އާބާދީގެ 90 ޕަސެންޓަށް ވުރެން ބޮޑު ބަޔަކަށް ވެކްސިން ޖެހުމަށް ވަނީ މާލޭގެ ހަ ސެންޓަރެއްގައި ވެކްސިން ދޭން ފަށައިފަ އެވެ.