Advertisement

ގަރާޖު ސިޓީ މާދަމާ އިން ފެށިގެން ދޫކުރަން ނިންމައިފި

31 ޖުލައި 2021 - 21:30 0

އަމަން ހަލީމް

އަމަން ހަލީމް

މާލޭގެ މަގެއްގެ މަތީގައި ޕިކަޕުތަކެއް ޓްރެފިކުގަ މަޑުކޮށްލައިގެން: މާލޭގައި ހަތަރުފުރޮޅުލީ ވެހިކަލްތަކަށް ހުއްދަ ދެނީ ޕާކު ކުރާނެ ގަރާޖެއް ދައްކައިގެން. ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


ގަރާޖު ސިޓީ މާދަމާ އިން ފެށިގެން ދޫކުރަން ނިންމައިފި

31 ޖުލައި 2021 - 21:30 0

މާލޭގައި ވެހިކަލް ރަޖިސްޓްރީ ކުރަން ބޭނުންވާ ގަރާޖު ސިޓީ ދޫކުރުމުގެ މަސައްކަތް މާދަމާ ފަށަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ، މި ތާރީހު ފަސްކުރަން ޓްރާންސްޕޯޓް އޮތޯރިޓީގައި އެދުމަށް ފަހުގަ އެވެ. އޭރު ސިޓީ ކައުންސިލުން އެދުނީ މުވައްޒަފުންނާއި، ބަޖެޓާއި، ބޭނުންވާ މައުލާމާތު ލިބެންދެން މި ތާރީހު ފަސްކޮށްދިނުމަށެވެ.

ނަމަވެސް، މިއަދު ކުރި އިއުލާނެއްގައި ސިޓީ ކައުންސިލުން ބުނީ، ޓްރާންސްޕޯޓް އޮތޯރިޓީގެ އިއުލާނާ އެއްގޮތަށް އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ހިދުމަތް ދޭނީ ކައުންސިލުން ކަމަށެވެ.

އެގޮތުން އެ ތާރީހުން ފެށިގެން މާލެ އަދި ހުޅުމާލޭގައި ރަޖިސްޓްރީ ކުރާ އުޅަނދުތައް ބާއްވާ ގަރާޖު ޗެކް ކުރުމާއި އުޅަނދުގެ ވެރިފަރާތާއި ގަރާޖުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްހަކަން ކަށަވަރު ކުރާނީ އެ ކައުންސިލުންނެވެ.