Advertisement

ވެކްސިން ފުރިހަމަނުކުރާ ޓޫރިސްޓުންނަށް ދެވެނީ ނުވަ ރަށަކަށް

31 ޖުލައި 2021 - 14:00 0

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އެއާޕޯޓުގައި ޓޫރިސްޓުންތަކެއް: ގެސްޓްހައުސްތަކަށް ޓޫރިސްޓުންނަށް އަންނަން ހުއްދަ ދިނީ މި މަހުގެ 26އިން ފެށިގެން. -- ފޮޓޯ:ހުސެއިން ޝަޔާހް/އަދަދު


ވެކްސިން ފުރިހަމަނުކުރާ ޓޫރިސްޓުންނަށް ދެވެނީ ނުވަ ރަށަކަށް

31 ޖުލައި 2021 - 14:00 0

ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ދާން ޝަރުތުހަމަވާ ރަށްތަކުގެ ލިސްޓު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފި އެވެ.

އެޗްޕީއޭއިން އެންމެ ފަހުން ދިން ލުއިތަކުގެ ތެރޭގައި ރަށްރަށުގެ އާބާދީގެ ގިނަ ބަޔަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން، ވެކްސިން ފުރިހަމަ ނުކުރާ ޓޫރިސްޓުންނަށް ހުޅުވާލުން ހިމެނެ އެވެ.

ރަށްރަށަށް ހުއްދަ ދިނުމުގައި އެޗްޕީއޭއިން ކަނޑައެޅި ޝަރުތުތަކުގެ ތެރޭގައި ރަށްރަށުގެ އާބާދީގެ 60 ޕަސެންޓް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށާއި 65 އަހަރުން މަތީ އާބާދީގެ 90 ޕަސެންޓް އަދި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ 95 ޕަސެންޓް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުން ހިމެނެ އެވެ.

އެޗްޕީއޭއިން އާންމުކުރި ލިސްޓުގައި މި ޝަރުތުތައް ހަމަވަނީ ނުވަ ރަށެއްގެ އެވެ. އެއީ ކ. މާފުށި، އއ. މަތިވެރި، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. މާޅޮސް، އއ. ހިމަންދޫ، އއ. އުކުޅަސްގެ އިތުރުން އދ. ހަންޏާމީދޫ އަދި އދ. ދިގުރަށެވެ.

މި ރަށްރަށަށް އަންނަ ޓޫރިސްޓުންނަށް ހުއްދަ ދެނީ 96 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް ހުށައަޅައިގެންނެވެ. އަދި ރާއްޖެއިން ފުރުމުގެ 72 ގަޑިއިރު ކުރިން އިތުރު ޕީސީއާރް ޓެސްޓެއް ހައްދަން ޖެހެ އެވެ.

ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާ ޓޫރިސްޓުންނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ވެސް ދެވޭނެ އެވެ. އެގޮތުން ޑަބްލިޔުއެޗްއޯއިން ކުއްލި ހާލަތުގައި ބޭނުންކުރަން ހުއްދަ ދީފައިވާ ލިސްޓުގައި ހިމެނޭ ހިމެނޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމުގެ ރަސްމީ ލިޔެކިޔުމެއް ހުށައަޅަން ޖެހޭނެ އެވެ.