Advertisement

ނޫމަރާ ފަރަށް އުރުނު ބާޖުން ތެޔޮ ލީކެއް ނުވޭ

31 ޖުލައި 2021 - 10:29 0

ނޫމަރާ ފަރަށް ބާޖެއް އުރިފައި: އޭގެން ތެޔޮ ލީކެއް ނުވޭ-- ފޮޓޯ: އެމްއެމްޑީއެފް


ނޫމަރާ ފަރަށް އުރުނު ބާޖުން ތެޔޮ ލީކެއް ނުވޭ

31 ޖުލައި 2021 - 10:29 0

ގިނަ އަދަދަކަށް ތެލާއި ޑީސަލް ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ އެފްއެސްއެމްގެ ބާޖެއް ށ. ނޫމަރާ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ށ. ފޯކައިދޫ އާއި ހދ. ނޭކުރެންދޫއަށް ދަތުރު ކުރަމުން ދިޔަ އެ ބާޗް މިއަދު 7:00 ކަންހާއިރު އުރުނުއިރު އޭގައި ފަސް މީހުން ތިބި ކަމަށެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެ ބާޖް ފުން ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ބާޖު ފުންކުރުމަށް ބޯޓެއްގެ އެހީތެރިކަން ވެރިފަރާތުން އަންނަނީ ހޯދަމުންނެވެ.

ސިފައިން ބުނިގޮތުގައި މިހާތަނަށް ބެލިބެލުމުން ތެޔޮ ލީކުވުމުގެ ނިޝާނެއް ނުފެނެ އެވެ. އެ ބާޖްގައި 100،000 ލީޓަރުގެ ޑީސަލާއި 15،000 ލީޓަރުގެ ޕެޓްރޯލް އެބަހުއްޓެވެ.