Advertisement

ކުރީގެ ހާލަތަށް ދިޔުމަށް އެންމެންގެ އެއްބާރުލުން ބޭނުންވޭ: މަބްރޫކް

30 ޖުލައި 2021 - 20:25 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް: ވެކްސިން ޖެހުމުގެ މުހިއްމުކަން އެހެން މީހުންނަށް ބުނެދިނުމަށް ބާރު އެޅުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފަ-- ފޮޓޯ: ރައީސް އޮފީސް


ކުރީގެ ހާލަތަށް ދިޔުމަށް އެންމެންގެ އެއްބާރުލުން ބޭނުންވޭ: މަބްރޫކް

30 ޖުލައި 2021 - 20:25 0

ކޮވިޑްގެ ކުރިން ރާއްޖެ އޮތް ހާލަތަށް ދިޔުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހު 28 ގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 321،594 މީހުންނެވެ. އޭގެތެރެއިން 263،067 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފަ އެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގައި ކޮވިޑުން ދިފާއުވުމުގެ ވެކްސިން ޖެހޭ އާބާދީއަށް ވާވަރަށް ވެކްސިން ހޯދިފައިވާ ކަމަށާއި ރާއްޖެއަކީ ކޮވިޑް ވެކްސިން ލިބިފައިވާ މަދު ގައުމުތަކުގެ ތެރެއިން ގައުމެއް ކަމަށެވެ.

ކުރީގެ ހާލަތަށް ދިޔުމަށް ވެކްސިން ޖަހަން ޖެހޭ ކަމަށާއި އެކަމުގެ މުހިއްމުކަން އެހެން މީހުންނަށް ބުނެދިނުމަށް ބާރު އެޅުމަށް މަބްރޫކް ވަނީ އިލްތިމާސް ކޮށްފަ އެވެ.

މަބްރޫކް ކުރެއްވި ޓްވީޓް


ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ފެށީ އިންޑިއާއިން ހަދިޔާކުރި 200،000 ޑޯޒުންނެވެ. ޗައިނާއިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ.

އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާޒެނެކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.

މީގެ ތެރެއިން މި ފަހުން ރާއްޖެ އަށް ލިބުނީ އެސްޓްރާޒެނެކާ ވެކްސިނެވެ. އެކަމަކު އެއީ ކިހާ އަދަދެއްގެ ވެކްސިނެއް ކަމެއް ހާމަ އެއް ނުކުރެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ގޮތުގައި އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 90 ޕަސެންޓް މީހުންނަށް ވެކްސިން ޖަހައި ނިންމުމެވެ. އާބާދީގެ އެންމެންނަށް ޖެހޭ ވަރަށް ރާއްޖެ އަށް ވެކްސިން ކަށަވަރުވެފައި ވުމަކީ ނަސީބެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.

ކޮވިޑްގެ އެންމެ ފަހުގެ ރާޅުގައި ދުވާލަކު ޕޮޒިޓިވް ރޭޓް ހާހަކަށް އަރައިގެން ދިޔައިރު ބަލީގައި ވަރަށް ގިނަ މީހުން މަރުވި އެވެ. އޭގެތެރެއިން 80 ޕަސެންޓް މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުންނެވެ.