Advertisement

މިނިސްޓަރު އިމްރާން ކޮވިޑް ޖެހިއްޖެ

30 ޖުލައި 2021 - 09:52 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ހޯމް މިނިސްޓަރު އިމްރާން: އޭނާ ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށް ހޯމް މިނިސްޓްރީން ބުނޭ--- ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


މިނިސްޓަރު އިމްރާން ކޮވިޑް ޖެހިއްޖެ

30 ޖުލައި 2021 - 09:52 0

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އިމްރާން، 48، ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ޕޮޒިޓިވް ކަން އެނގިފައި ވަނީ އިއްޔެ އެވެ.

ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ ވިދާޅުވީ މިނިސްޓަރު ޓެސްޓު ކޮށްފައި ވަނީ ބަލިކޮށް އުޅުއްވުމަށްފަހު ކަމަށެވެ. މިނިސްޓަރު އިމްރާން ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވާފަ އެވެ.

މީގެކުރިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެ، ބަލިން ފަސޭހަވެފަ އެވެ. މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ ކޮވިޑްޖެހި ބަލިން ރަނގަޅު ވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހޯމް މިނިސްޓަރަކަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހަމަޖައްސައިފައި ވަނީ ނޮވެމްބަރު 17، 2018ގަ އެވެ. އިމްރާނަކީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ކޯލިޝަންގައި އަދާލަތު ޕާޓީގެ ފަރާތުން ހުންނެވި ލީޑަރެވެ. ކެބިނެޓްގެ މުހިންމު މަގާމެއް އިމްރާންއަށް ދެއްވާފައިވާއިރު ލީޑަރުންގެ ތެރެއިން ސަރުކާރުގެ މަގާމަކަށް ވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ އިމްރާނެވެ.

"މޭޑޭ މުޒާހަރާގައި" ހަމަނުޖެހުމަށް ހިތްވަރުދީ ދެއްކެވި ވާހަކަފުޅާ ގުޅިގެން ޓެރަރިޒަމްގެ ކުށް ސާބިތުވެ 12 އަހަރަށް ޖަލަށްލި އެވެ. އެ ހުކުމަށް މީގެ ކުރިން ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. ނަމަވެސް ފަހުން އެ ހުުކުމް ވަނީ ސުޕްރީމް ކޯޓުން ބާތިލްކޮށްފަ އެވެ.

މާލޭގައި ކޮވިޑު ވަރަށް ބޮޑަށް ފެތުރި، ފަރުވާދޭންޖެހޭ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެ ފެސިލިޓީ އެެއްވެސް ގާއިމުކުރި އެވެ. އޭގެ ފަހުން، ކޮވިޑުގެ ހަތަރު ވަނަ ރާޅާއެކު ކޮވިޑުގެ ނަންބަރުތައް ރެކޯޑް އަދަދުތަކުން މައްޗަށް ގޮސް، ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވި އެވެ.

އެއާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރަން މާލެ ސަރަހައްދުގައި އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ކޮވިޑުގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މާލޭ ސަރަހައްދުގެ އިތުރުން، އަތޮޅު ތެރޭގައި ވެސް ބަލި ފެތުރުން މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފަ އެވެ.

އެގޮތުން، ކޮވިޑު ކޭސްތައް ފެނިގެން މޮނިޓަރިންއަށް ލެވިފައިވާ ރަށްތަކުގެ އަދަދު މިހާރު ވަނީ 13 އަށް ތިރިވެފަ އެވެ. އެޗްއީއޯސީން އިތުރަށް ބުނި ގޮތުގައި އަތޮޅު ތެރޭގައި ވެސް އެޑްމިޓުކޮށްގެން މިވަގުތު ފަރުވާދެވެމުންދަނީ 10 މީހުންނަށް ކަމަށެވެ.

ރާއްޖޭގައި އިއްޔެ އާ ހަމައަށް ކޮވިޑު ޖެހުނު މީހުންގެ އަދަދު 77،000 ހުރަސްކޮށްފައިވާއިރު، އޭގެ ތެރެއިން 220 މީހަކު ވަނީ އެ ބަލީގެ ޝިކާރައަކަށްވެފަ އެވެ.