Advertisement

އިމްޕޯޓާއި އެކްސްޕޯޓު ވެސް މަތިވެ، އާމްދަނީ އިތުރުވެއްޖެ

29 ޖުލައި 2021 - 13:07 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ލޯކަލް މާރުކޭޓު ސަރަހައްދުގައި މީހަކު މުދާތަކެއް ހިފައިގެން ދަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އިމްޕޯޓާއި އެކްސްޕޯޓު ވެސް މަތިވެ، އާމްދަނީ އިތުރުވެއްޖެ

29 ޖުލައި 2021 - 13:07 0

ރާއްޖެއަށް އެތެރެކުރާ މުދަލުގެ އިތުރުން ބޭރުކުރާ މިންވަރު މިދިޔަ މަހު އިތުރުވެ، އިމްޕޯޓް އެކްސްޕޯޓުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެއަށް އެތެރެކޮށްފައިވާއިރު، މިދިޔަ މަހު އެ އަދަދު ވަނީ ތިން ބިލިއަންގެ ރުފިޔާއަށް އުފުލިފަ އެވެ.

އޭގެ އިތުރުން، އެކްސްޕޯޓު ކުރެވުނު މުދަލުގެ އަގަށް ބަލާއިރު، މިދިޔަ އަހަރު 221 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން އެކްސްޕޯޓުކޮށްފައިވާއިރު، މިދިޔަ މަހު އިތުރު ހަތް މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައި ވެ އެވެ.

އެއާއެކު، އިމްޕޯޓް/އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީގެ މިންވަރު، މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ 59 ޕަސަންޓް އިތުރުވެފަ އެވެ.

އެގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު އާމްދަނީގެ ގޮތުގައި 156 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެ އަދަދު މިދިޔަ މަހު ވަނީ 247 މިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ތަފާސްހިސާބުތަކުން އިތުރަށް ފެންނަ ގޮތުގައި މިދިޔަ މަހު އެންމެ ގިނައިން ރާއްޖެއަށް އެތެރެކޮށްފައިވަނީ މެޝިނަރީއާއި އިލެކްޓްރޯނިކް ސާމާނެވެ. އޭގެ ޖުމްލަ އަގު 586 މިލިއަނަށް އަރާއިރު، ދެވަނަ އަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ތެލުގެ ބާވަތްތަކެވެ.

މިދިޔަ މަހުގެ އެކްސްޕޯޓަށް ބަލާއިރު، ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން، މިދިޔަ މަހު 60 މިލިއަން ރުފިޔާގެ ކަޅުބިލަމަސް ރާއްޖޭން ވަނީ އެކްސްޕޯޓްކޮށްފަ އެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާނުންނެވެ. އެގޮތުން، އެ ގައުމުން 490 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވެ އެވެ.

އެކްސްޕޯޓަށް ބަލާއިރު، މިދިޔަ މަހު ރާއްޖޭން ބޭރުކުރި ޖުމްލަ މުދަލުގެ 30 ޕަސަންޓު ހިއްސާކުރަނީ ތައިލަންޑަށެވެ.

އެގައުމަށް 46 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހުގެ ތެރޭގައި ވަނީ އެކްސްޕޯޓްކޮށްފަ އެވެ.