Advertisement

ހިޔާގައި މިފަހަރު ރޯވީ ސީއީއޯގެ އޮފީހުގައި، ބޮޑު ގެއްލުމެއް!

29 ޖުލައި 2021 - 11:54 2

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ހިޔާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބިފައި: މިއީ ކުޑަކުދިން ހިޔާގައި މިދިޔަ ތިން މަސްތެރޭ ހިނގި ތިން ވަނަ އަލިފާނުގެ ހާދިސާ-- ފޮޓޯ: އެމްއެންޑީއެފް


ހިޔާގައި މިފަހަރު ރޯވީ ސީއީއޯގެ އޮފީހުގައި، ބޮޑު ގެއްލުމެއް!

29 ޖުލައި 2021 - 11:54 2

ތިން މަސް ތެރޭގައި ތިން ވަނަ ފަހަރަށް ކުޑަކުދިންގެ ހިޔާގައި މިއަދު ރޯވިއިރު، ސީއީއޯ މޫމިނާ އާދަމްގެ އޮފީހަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ޖެންޑަ މިނިސްޓްރީން ބުނެފި އެވެ.

ހިޔާގައި ފުރަތަމަ ރޯވީ މިދިޔަ މެއި މަހުގަ އެވެ. ޖޫން މަހުގެ ތެރޭގައި ވެސް އެތަނުގައި އަލިފާން ރޯވި އެވެ. މި ދެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް ތަަނަށް ބޮޑެތި ގެއްލުންތަކެއް ވި އެވެ.

ޖެންޑާ އިން ބުނެފައިވާ ގޮތުގައި އެ ދެ ފަހަރު ވެސް އަލިފާން ރޯވީ ކުދިންގެ ފަރާތުން ހިނގި ކަމެއްގަ އެވެ. އެކަމަކު މިހާރު އެތަނުގައި ދެތިން ކުއްޖަކު ފިޔަވައި އެންމެން ވަނީ ރަށްރަށުގެ އަމާން ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

ހިޔާގައި މިއަދު ރޯވާން ދިމާވި ސީދާ ސަބަބެއް އަދި ނޭނގެ އެވެ.

އެތަނުގެ ސީއީއޯ މޫމިނާ "އަދަދު" އަށް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި އޮފީސް އިމާރާތުގައި ހިމެނެނީ ކައުންސިލިން ދޭ ދެ ކޮޓަރި އާއި އިދާރީ މަސައްކަތް ކުރާ ތަންތަނެވެ.

ކުޑަކުދިންގެ ހިޔާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަށްފަހު


އެތަނުގައި ރޯވެފައި ހުރި ކަން އެނގުނީ ދުން އަރާތީ ގޮސް ބެލުމުންނެވެ. އަލިފާން ނިއްވާލެވުނީ އޭނާ ވިދާޅުވި ގޮތުގައި ގަޑިއެއްހާ އިރު ތެރޭގަ އެވެ.

"މިއަދު ރޯވީ ސީއީއޯގެ ރޫމްގައި. ވަރަށް ބޮޑަށް ދުމުގެ އަސަރު ކޮށްފަ ހުރީ ޖެހިގެން އިން ކައުންސިލިން ރޫމަށް. ދެ ރޫމް ވެސް އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ހުރީ," މޫމިނާ ވިދާޅުވި އެވެ.

އޭނާގެ އޮފީހުގައި ހުރި ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.

ހިޔާގައި މިފަހަރު ރޯވި ސަބަބު އަދި ނޭނގުނު ނަމަވެސް އެކަން ބަލަމުން އަންނަ ކަމަށް މޫމިނާ ވިދާޅުވި އެވެ.

ހިޔާގައި ކުރިން 50 ކުދިން ތިބެ އެވެ. އެކަމަކު އެ ކުދިން ރަށްރަށުގެ އަމާން ހިޔާތަކަށް ބަދަލުކޮށް އެތަނުގައި މިހާރު ތިބެނީ ތިން ކުދިންނާއި އުުމުރުން ދުވަސްވީ ތިން މީހެކެވެ.