Advertisement

ދެ ކޮރެއާގެ ގުޅުން ރަނގަޅު ވާން ފަށައިފި

27 ޖުލައި 2021 - 13:18 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އަދި ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން.-- ފޮޓޯ: އޭއެފްޕީ


ދެ ކޮރެއާގެ ގުޅުން ރަނގަޅު ވާން ފަށައިފި

27 ޖުލައި 2021 - 13:18 0

ސޯލް، ދެކުނު ކޮރެއާ (ޖުލައި 27) - އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ދެ ކޮރެއާގެ ބޯޑަރު މެދުގައި މުއާސަލާތު ކުރެވޭނެ ގޮތް އަލުން ހަދައިފި އެވެ.

ހުރިހާ އަސްކަރީ އަދި ސިޔާސީ މުވާސަލާތީ ލައިންތަކެއް ކަނޑާލީ އުތުރު ކޮރެއާއިން މިދިޔަ ޖޫން މަހު އެވެ. އެގޮތަށް ހެދީ އުތުރު ކޮރެއާއާ ދެކޮޅު ލީފްލެޓުތަކެއް ބޯޑަރު ހުރަސްކޮށް ދެކުނު ކޮރެއާގެ އެކްޓިވިސްޓުންތަކެއް އެ ގައުމަށް ފޮނުވުމުންނެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން 2018 ވަނަ އަހަރުން ފެށިގެން ތިން ފަހަރު ބައްދަލު ކުރެއްވި ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ގުޅުންތައް އޮތީ ހުއްޓިފަ އެވެ.

ދެ ގައުމުން ބުނީ އަންގާރަ ދުވަހުން ފެށިގެން މުވާސަލާތީ ލައިންތައް އަލުން މަސައްކަތް ކުރާނެ ކަމަށެވެ. އޭގެ އިތުރުން ކިމް އާއި މޫން ވަނީ މިދިޔަ އޭޕްރިލް މަހުން ފެށިގެން ސިޓީ ބަދަލުކޮށް ވާހަކަ ދައްކަވާފައި ކަމަށް ވެސް ދެ ގައުމުން ހާމަކުރި އެވެ.

އުތުރު ކޮރެއާ އާއި އެމެރިކާގެ ރައީސްއަކާ ދެމެދު ފުރަތަމަ ފަހަރަށް ބައްދަލުވުމެއް ބޭއްވުމުގެ ފަހަތުގައި ވަނީ ދެކުނު ކޮރެއާގެ ރައީސް މޫން އެވެ. އެ ބައްދަލުވުން އޮތީ ޖޫން 2018 ގައި ކިމް އާއި އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ސިންގަޕޫރުގަ އެވެ.