Advertisement

ކޮވިޑް ވެކްސިން ގަންނަން ވޯލްޑް ބޭންކުގެ މާލީ އެހީ

27 ޖުލައި 2021 - 10:20 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޯވެކްސް މެދުވެރިކޮށް ހަދިޔާކޮށްފައިވާ ވެކްސިން ޝިޕްމަންޓެއް،-- ފޮޓޯ: އޭއެފްޕީ


ކޮވިޑް ވެކްސިން ގަންނަން ވޯލްޑް ބޭންކުގެ މާލީ އެހީ

27 ޖުލައި 2021 - 10:20 0

ޖެނީވާ، ސްވިޓްޒަލޭންޑް (ޖުލައި 27) - ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ކޮވިޑް ވެކްސިން ލިބޭނެ ފަދަ އިތުރު މާލީ އެހީތެރިކަން ފޯރުކޮށްދޭން ވޯލްޑް ބޭންކުން ނިންމައިފި އެވެ.

ކޯވެކްސް ފެސިލިޓީ ގާއިމްކޮށްފައިވަނީ ތަރައްގީވަމުން އަންނަ 92 ގައުމަށް ކޮވިޑް ވެކްސިން ފަސޭހައިން ލިބޭނެ ގޮތް މަގުފަހި ކުރުމަށެވެ. ފެސިލިޓީގެ ދަށުން ވެކްސިނަށް ދާ ހޭދަ ބަލަހައްޓަނީ ޑޯނަރުންނެވެ.

ވޯލްޑް ބޭންކުން އަލަށް އިއުލާނު ކުރި މާލީ އެހީތެރިކަމުގެ ދަށުން މިހާރު ސަބްސިޑީތަކުގެ އެހީގައި ކޯވެކްސްއިން ހޯދަން އޯޑަރު ދީފައިވާ ވެކްސިންގެ އިތުރުން ވެސް ޑޯޒް ހޯދަން ގައުމުތަކަށް މަގުފަހިވާނެ އެވެ.

ވޯލްޑް ބޭންކާއި އެހެން ޑިވެލޮޕްމަންޓް ބޭންކުތަކުގެ ފައިސާ ހޭދަކޮށްގެން ކޯވެކްސް ފެސިލިޓީން އެޑްވާންސްކޮށް ވެކްސިން ގަންނާނެ އެވެ. އެކަމަކު އެކަން ބިނާވަނީ ގައުމުތަކުގެ ޑިމާންޑަށެވެ.

އެގޮތުން 250 މިލިއަން މީހުންގެ ވެންސިން ފުރިހަމަ ކުރަން ބޭނުންވާ ޑޯޒް ނުވަތަ 430 މިލިއަން އިތުރު ޑޯޒް އެ ސްކީމް ދަށުން ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ކޯވެކްސް ފެސިލިޓީން ލިބޭނެ އެވެ.

ޑޯނަރުންގެ އެހީގައި ވެކްސިން ހޯދަމުންދާ 92 ގައުމަށް އެ ޑޯޒްތައް ފޯރުކޮށްދެވޭނީ އެންމެ ލަސްވެގެން 2022 ވަނަ އަހަރުގެ މެދު ތެރޭގަ އެވެ.

ކޯވެކްސްއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ވެކްސިން އެލަޔަންސް އަދި ކޯލިޝަން ފޯ އެޕިޑެމިކް ޕްރިޕެއާޑްނެސް އިނޮވޭޝަންސްއިން ގާއިމްކުރި ފެސިލިޓީ އެކެވެ.

ކޮވިޑް ވެކްސިން ބެހުމުގައި ގައުމުތަކުގެ މެދުގައި އޮތް ބޮޑު ފަރަގާ މެދު ޑަބްލިއުއެޗްއޯ އިން ކަންބޮޑުވެ އެވެ. އެގޮތުން މުއްސަނދި ގައުމުތަކުން ކުރި ހޯދާފައި ވާއިރު ފަގީރު ގައުމުތަކަށް ވެކްސިން ލިބޭނެ ގޮތެއް ނެތެވެ.