Advertisement

މީރު "ފްރެޝާ" އަގުހެޔޮކޮށްފި

25 ޖުލައި 2021 - 18:41 0

ފްރެޝާގެ ބުއިންތައް: މިހާރު ފްރެޝާއެއް 10 ރުފިޔާއަށް ލިބޭނެ


މީރު "ފްރެޝާ" އަގުހެޔޮކޮށްފި

25 ޖުލައި 2021 - 18:41 0

މިނެރަލް ފެނާއި ތާޒާ މޭވާގެ ތާސީރު އެކުވުމުން އުފެދެނީ ތުރުކީގެ މަޝްހޫރު "ފްރެޝާ" އެވެ. އަތަށް ހެޔޮވަރުކޮށް ބިއްލޫރު ފުޅީގައި ބަންދުކޮށްފައިވާ މި ބުއިމުގައި ތާޒާ މޭވާގެ އިތުރުން، ވިޓަމިންގެ މާއްދާތައް އެކުލެވެ އެވެ.

މި އުފެއްދުން ރާއްޖޭއަށް އެތެރެކޮށް ވިއްކަނީ މަޝްހޫރު ގޮވެލި ފިހާރައިންނެވެ. މި ބުއިމުގެ އަށް ރަހައެއް އެތެރެކުރެ އެވެ.

ކަސްޓަމަރުންނަށް ކުރިން ފުޅިއެއް 10 ރުފިޔާއަށް ވިއްކަމުން ދިޔަ ނަމަވެސް، ހަކުރު ހިމެނޭ ބާވަތްތަކުން ޓެކްސް ބޮޑުކުރުމާއި، ޑޮލަރު ލިބުމުގެ ތާށިކަން، ފްރެޝާގެ އަގަށް ވެސް އައެވެ.

ނަމަވެސް، މިހާރު ވަނީ ފްރެޝާގެ އަސްލު އަގަށް ތިރިކޮށްފަ އެވެ. މިހާރު ފްރެޝާގެ ހޯލްސޭލް ރޭޓަކީ ފުޅިއެއް 7.50 ރުފިޔާއެވެ. 24 ފުޅީގެ ކޭހެއްގެ އަގަކީ 180 ރުފިޔާ އެވެ.

"ބިއްލޫރި ފުޅީގައި މިވަރުގެ މީރު ބުއިމެއް މިހާ އަގުހެޔޮކޮށް ނުލިބޭނެ. އަޅުގަނޑުމެން މި ބާވަތުގެ ބުއިން މި އެތެރެކުރަނީ ސީދާ އުފައްދާ ކުންފުނިން،" ގޮވެލި ފިހާރައިގެ އެއް ހިއްސާދާރު ޝާމިން ހަބީބު ވިދާޅުވި އެވެ.

ފްރެޝާގެ 10 ކޭސް ނަގާނަމަ މާ އަގުހެޔޮކޮށް ލިބޭ


ގިނައިން ކޭސް ނަގާނަމަ އިތުރު ޑިސްކައުންޓެއް ލިބެ އެވެ. އެގޮތުން، ދިހަ ކޭސް ގަންނަ ނަމަ ކޭހެއް 175 ރުފިޔާއަށް، 50 ކޭސް ނަގާނަމަ ކޭހެއް 170 ރުފިޔާއަށް ލިބެ އެވެ.

"އަގަށް މި ބަދަލު އައުމުން، މިހާރު ކަސްޓަމަރުންނަށް 10 ރުފިޔާއަށް ފްރެޝާއެއް ބޯލެވޭނެ،" ޝާމިން ވިދާޅުވި އެވެ.

މިއީ ރެސްޓޯރެންޓްތަކާއި ކެފޭތަކުގައި މަގުބޫލުވަމުން އަންނަ ބުއިމެކެވެ.

ގޮވެލި ފިހާރައަކީ ރީޓެއިލް ފިހާރަތަކަށް ބޭނުންވާ ގިނަ މުދާ އެއްތަނަކުން ލިބެން ހުންނަ ފިހާރައެކެވެ. އަތޮޅުތަކުގެ ގިނަ ރަށްތަކަށް ބޭނުންވާ ރީޓެލް މުދާ، މި ފިހާރައިން ސީދާ ބޯޓަށް ގެންގޮސްދެ އެވެ.