Advertisement

ބާސެލޯނާގެ ސްޓައިލަށް ހޭނެން އުނދަގުލެއް ނުވާނެ: ޑިޕާއި

25 ޖުލައި 2021 - 10:36 0


ބާސެލޯނާގެ ސްޓައިލަށް ހޭނެން އުނދަގުލެއް ނުވާނެ: ޑިޕާއި

25 ޖުލައި 2021 - 10:36 0

ބާސެލޯނާ (ޖުލައި 25) - ބާސެލޯނާގެ ސްޓައިލަށް ހޭނުމަކީ އޭނާ އަށް އުނދަގޫ ކަމަކަށް ނުވާނެ ކަމަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ބަދަލުވި ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި ބުނެފި އެވެ.

ހިލޭ ޓްރާންސްފާއެއްގައި ފްރާންސްގެ ލިޔޯން ދޫކޮށް ޑިޕާއި ބާސެލޯނާ އަށް ސޮއިކުރީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ. ޕްރީ ސީޒަން ފްރެންޑްލީއެއްގައި ޑިޕާއި ވަނީ ރޭ ޖިރޯނާ އަތުން 3-1 އިން ބާސެލޯނާ މޮޅުވި މެޗުގައި ކުޅެފަ އެވެ.

ބަދަލެއްގެ ގޮތުގައި ކުޅެން އަރައި ޑިޕާއި ވަނީ ރޭގެ މެޗުގައި ބާސެލޯނާ އަށް ގޯލެއް ވެސް ޖަހައިދީފަ އެވެ. އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ ޖެރާޑް ޕީކޭ އާއި ރޭއި މަނާޖް އެވެ.

މެޗަށް ފަހު ޑިޕާއި ބުނީ ބާސެލޯނާ ޖޯޒީގައި ފުރަތަމަ ފަހަރަށް މެޗެއް ކުޅެވުމުން ހުވަފެނެއް ހަގީގަތަކަށްވީ ކަމަށާއި މިއީ އަބަދުވެސް އޭނާ ވަރަށް ގަޔާވާ ކްލަބެއް ކަމަށެވެ.

"މި ވަގުތު ވެސް ވަރަށް ރަނގަޅު ޓީމެއް މި އޮތީ. ފުރަތަމަ މެޗު ވިޔަސް މާ އުނދަގޫ ކަންތައްތަކެއް ކުރިމައްޗެއް ނުވޭ. އަހަރެން ގަބޫލުކުރާ ގޮތަކީ މި ޓީމަށް ހޭނެން އަހަންނަށް އުނދަގުލެއް ނުވާނެ ކަމަށް. ކޯޗާ (ކޫމަން) އެކު އަހަރެން ކުރިން ވެސް މަސައްކަތް ކުރިން،" ޑިޕާއި ބުންޏެވެ.

ސީނިއާ ކްލަބް ލެވަލްގައި ޑިޕާއި އެންމެ ފުރަތަމަ ކުޅުނީ ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަން އަށެވެ. އެ ޓީމުގައި ހުރެ 2014/2015 ވަނަ އަހަރު ނެދަލެންޑްސް ލީގުގައި 22 ގޯލު ޖެހުމާ އެކު، 2015 ވަނަ އަހަރު އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑުން 25 މިލިއަން ޕައުންޑް ދީފައި ޑިޕާއި ގަތެވެ.

އެކަމަކު، ޔުނައިޓެޑްގައި ލުއީ ވެން ހާލްގެ ކޯޗުކަމުގައި ޑިޕާއި އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކި އޭނާ 2017 ވަނަ އަހަރު ޖެނުއަރީ މަހު ލިޔޯނަށް ބަދަލުވި އެވެ. ލިޔޯނުގައި ތަފާތު ދައްކަމުން އަންނަ ޑިޕާއި މިދިޔަ ސީޒަނުގައި ފްރެންޗް ލީގުގައި ވަނީ އެ ޓީމަށް 20 ގޯލު ޖަހައިދީފަ އެވެ.