Advertisement

އަނިޔާގެ ސަަބަބުން އެންޑީ މަރީ އޮލިމްޕިކްސް އިން ވަކިވެއްޖެ

25 ޖުލައި 2021 - 10:21 0

މި ފަހަރުގެ އޮލިމްޕިކްސްގެ ޕްރެކްޓިހެއްގެ ތެރެއިން މަރީ.-- ފޮޓޯ: އޭއެފްޕީ


އަނިޔާގެ ސަަބަބުން އެންޑީ މަރީ އޮލިމްޕިކްސް އިން ވަކިވެއްޖެ

25 ޖުލައި 2021 - 10:21 0

ޓޯކިޔޯ (ޖުލައި 25) - ސްކޮޓްލެންޑްގެ ޓެނިސް ތަރި އެންޑީ މަރީ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި ފަހަރުގެ އޮލިމްޕިކްސްގައި ދެން ވާދަނުކުރަން ނިންމައިފި އެވެ.

މަރީ ވަނީ ފިރިހެން ޑަބަލްސްގައި އިއްޔެ ކުޅުނު މެޗުން މޮޅުވެފަ އެވެ. އެކަަމަކު، ދެ ވަނަ މެޗު ދުވަސް ފެށުމުގެ ކުރިން އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން މެޑިކަލް ޓީމާ މަޝްވަރާ ކުރުމަށް ފަހު ނިންމީ މި ފަހަރުގެ އޮލިމްޕިކްސް އިން ވަކިވާށެވެ.

އުމުރުން 34 އަހަރުގެ މަރީ ފުރަތަމަ ނިންމީ ސިންގަލްސް ޑްރޯ އިން ވަކިވެ، ޑަބަލްސް އިވެންޓްގައި ކުޅޭށެވެ. އެއީ މި ފަހަރަކީ އޭނާގެ ފަހު އޮލިމްޕިކްސް އަށް ވުމުގެ ފުރުސަތު ބޮޑުވުމުންނެވެ. އެކަމަކު، މެޑިކަލް ޓީމުން ވަނީ އެއްވެސް އިވެންޓެއްގައި މަރީ ކުޅުން ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ.

"މި ގޮތަށް ވަކިވާން ޖެހުމުން ވަރަށް ދެރަވޭ. އަހަރެން ބޭނުންވި މި އަނިޔާގައި ހުރެ ވެސް ކޮންމެވެސް އެއް އިވެންޓެއްގައި ކުރިއަށްދާން. އެކަމަކު، އަހަރެންގެ މެޑިކަލް ޓީމުން އަންގަނީ އެއްވެސް އިވެންޓެއްގައި ކުޅުން ރަނގަޅެއް ނޫން ކަމަށް،" މަރީ ބުންޏެވެ.

މި ފަހަރުގެ އޮލިމްޕިކްސްގެ ޕްރެކްޓިހެއްގެ ތެރެއިން މަރީ.-- ފޮޓޯ: އޭއެފްޕީ


މަރީ ވަނީ 2012 ވަނަ އަހަރު ބޭއްވި ލަންޑަން އޮލިމްޕިކްސްގެ ޓެނިސް އިވެންޓުން ރަން މެޑަލް ހާސިލްކޮށްފަ އެވެ. އަދި އޭގެ ހަތަރު އަހަރު ފަހުން ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސްގައި އޭނާ ވަނީ ރަން މެޑަލް ދިފާއުކޮށްފަ އެވެ. އަދި އޭނާ ވަނީ 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގެ މިކްސް ޑަބަލްސް އިން ރިހި މެޑަލް ހޯދައިފަ އެވެ.

އުނަގަނޑުގެ އޮޕަރޭޝަނެއް ކުރި ފަހުން މަރީ އަށް އަނިޔާގެ ގިނަ މައްސަަލަތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން މަރީ އަށް ގެއްލުނީ މުބާރާތާ ކައިރިވެފައިވަނިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ.

އެންމެ ފަހުން ނިމުނު ވިމްބަލްޑަންގައި ރަނގަޅު ކުޅުމެއް ދެއްކުމަށް ފަހު މި ފަހަރުގެ އޮލިމްޕިކްސް އަށް ރަނގަޅު ރޫހެއްގައި ކުރިމަތިލި މަރީ އަށް މި މުބާރާތުގައި ކުރިއަށްދެވޭ ގޮތެއްނުވި އެވެ.