Advertisement

މާހި މާހީގެ "ވަރަށް ލޯބިން"؛ ބައްޕައެއްގެ ވަކިވުމާއި ދަރިއެއްގެ ހިތާމަ

24 ޖުލައި 2021 - 13:23 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


މާހި މާހީގެ "ވަރަށް ލޯބިން"؛ ބައްޕައެއްގެ ވަކިވުމާއި ދަރިއެއްގެ ހިތާމަ

24 ޖުލައި 2021 - 13:23 0

މަންމަ ނުވަތަ ބައްޕަ ކުއްލިއަކަށް ވަކިވުމުން އާއިލާ އަށް އަންނަ ހުސްކަމާއި، ހަމަހިމޭން ކަމުގައި ދަރިން އަޅާ ކަރުނަ އާއި ވިސްނާ ވިސްނުން، "މާހީ މާހީ" ގެ އާ ފޮތް "ވަރަށް ލޯބިން" ގައި ގެނެސްދީފައިވަނީ ފުންކޮށެވެ. އުނދަގޫ އެތައް އިހުސާސްތަކެއް ތިލަކޮށްދީފައިވާ އެ ފޮތަކީ އެފަދަ ހާލަތެއް ތަހައްމަލުކުރާ ކޮންމެ ކުއްޖަކަށް އާންމުކޮށް ކިޔައި ނުދޭ ގިނަ ވާހަކަ ތަކަކާއި އިބްރަތްތެރި މެސެޖުތަކެއް ހިމަނައިގެން ލިޔެފައިވާ ތަފާތު ފޮތެކެވެ.

"މި ފޮތް ހާއްސަކޮށްލެވިފައި މިވަނީ ލޯބިވާ "އ" އަށްޓަކަ އެވެ. ﷲ ތިޔަ ލޮބުވެތި ކުއްޖާފުޅު ރައްކާތެރިކޮށް ދެއްވައި، ކޮއެފުޅަށާއި ކޮއެފުޅުގެ މަންމަ އަށް ކެތްތެރިކަން ދެއްވަވާ ސާބިތުކަން ދެއްވާންދޭވެ. އާމީން،" ފޮތުގެ ހުލާސާގައި ލިޔުންތެރިޔާ، އާމިނަތު މަފްތޫހާ ލިޔެފައިވެ އެވެ.

"ވަރަށް ލޯބިން" ކިޔައިދެނީ ކުޑަ ކުޑަ އާއިލާއެއް އުފާވެރިކަމުގައި އުޅެމުން އަންނަނިކޮށް ކުއްލިއަކަށް ބައްޕަ ނިޔާވުމުން އާއިލާ އަށް ލިބޭ ނިކަމެތިކަމާއި އެކަނިވެރިކަމުގައި ދެމައިން ކުރާ ހިތާމަ އާއި ދަރިފުޅުގެ އެލިފައިވާ ހިތްވަރު އާކޮށްދިނުމަށް މަންމަ ކުރާ ހިއްވަރާއި ދައްކާ ކެތްތެރިކަމުގެ ވާހަކަ ތަކެކެވެ. ބައްޕަ ވަކިވެ ދިޔަޔަސް، ދިރިއުޅުން އަބަދުވެސް ލޯތްބާއި ޝުކުރުވެރިކަމާ އެކު ކުރިއަށް ގެންދަން ވާނެކަން މަންމަ ދަރިފުޅަށް ވިސްނައިދެ އެވެ. އަދި ދެރަވުމުން އެ އިހުސާސްތައް ނުފޮރުވައި ބޭރުކުރަންވާނެ ކަމާއި ދަރިފުޅަށް އެކަން ކުރެވިދާނެ ފަސޭހަ ގޮތްތައް ވެސް މަންމަ ކިޔައިދެ އެވެ.

"ބަނަ، އަނދިރި ދުވަސްތަކަށް ފަހު، އަވިގަދަ ދުވަސްތައް އަންނަ ފަދައިން ދަތި ކަމަކަށްފަހު ފަސޭހައެއް ވާނެކަން އެ ދަރިފުޅަށް މަންމަ ކިޔައިދިނެވެ،" ފޮތުގެ ހުލާސާގައި ލިޔެފައިވެ އެވެ.

"ވަރަށް ލޯބިން" އަކީ ހުރިހާ މީހުންނަށް ވެސް ފީއަކާ ނުލައި ކިޔައިލެވޭ ގޮތަށް ރިލީޒްކުރި އޯޑިއޯ ފޮތެކެވެ. މި ފޮތުގެ ޔޫޓިއުބް ވީޑިއޯ ވެސް މިހާރު ވަނީ އަޕްލޯޑްކޮށްފަ އެވެ.

ލިޔުންތެރިޔާ މަފްތޫހާ ވިދާޅުވީ، ފޮތުގައި އެޑްރެސްކޮށްފައިވަނީ ވަރަށް ސެންސިޓިވް މައުލޫއަކަށް ވިޔަސް، މިފަދަ ހާލަތްތައް ތަޖުރިބާކުރަމުންދާ ވަރަށް ގިނަ ކުޑަކުދިން އެބަތިބި ކަމަށެވެ. އެހެންކަމުން ފޮތް މެދުވެރިކޮށް އެފަދަ އުނދަގޫ ހާލަތެއް ތަހައްމަލުކުރަމުންދާ ކުއްޖަކަށް ވަރަށް ޕޮޒިޓިވް، އިބްރަތުން ފުރިގެންވާ ރަނގަޅު މެސެޖުތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.