Advertisement

ޖުޕިޓާގެ ހަނދަށް ދާން ނާސާއިން ހޮވީ ސްޕޭސްއެކްސް ކުންފުނި

24 ޖުލައި 2021 - 10:35 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސްޕޭސްއެކްސްގެ ފެލަކްނ ހެވީ ރޮކެޓް.-- ފޮޓޯ: އޭއެފްޕީ


ޖުޕިޓާގެ ހަނދަށް ދާން ނާސާއިން ހޮވީ ސްޕޭސްއެކްސް ކުންފުނި

24 ޖުލައި 2021 - 10:35 1

ވޮޝިންޓަން، އެމެރިކާ (ޖުލައި 24) - ޖުޕިޓާގެ ހަނދު ޔޫރޮޕާއަށް ދާން ރާވާފައިވާ ދަތުރު ލޯންޗު ކުރުމަށް ހޮވާފައި ވަނީ ބިލިއަނަރު އިސްލޯން މަސްކްގެ ސްޕޭސްއެކްސް ކުންފުނި ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފި އެވެ.

ޔޫރޮޕާ ކްލިޕާ މިޝަން ލޯންޗު ކުރަން ހަމަޖެހިފައިވާ ތާރީހަކީ އޮކްޓޯބަރު 2024 އެވެ. އެ ދަތުރު ކުރާނީ ފްލޯރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރު ފެލްކަން ހެވީ ރޮކެޓެެއްގަ އެވެ. އެ މަސައްކަތުގެ އަގަކީ 178 މިލިއަން އެމެރިކާ ޑޮލަރެވެ.

ކުރިން ނިންމާފައި އޮތީ ނާސާގެ ސްޕޭސް ލޯންޗް ސިސްޓަމް (އެސްއެލްއެސް) ރޮކެޓެއްގައި އެ މިޝަން ލޯންޗު ކުރުމަށެވެ. ނަމަވެސް އެސްއެލްއެސްގެ މަސައްކަތް ލަސްވެފައި ވަނީ ހަރަދު ބޮޑުވުމާއި ޝެޑިއުލަށް ނިހުނގުން ފަދަ ކަންކަމާ ހެދި އެވެ.

އެސްއެލްއެސް މިހާތަނަށް އޮޕަރޭޓް ކުރަން ނުފެށި ނަމަވެސް ފެލްކަން ހެވީ ރޮކެޓުތައް މިހާރު ވެސް ވަނީ ބޭނުންކޮށްފަ އެވެ. އޭގެ ރޮކެޓެއް ފުރަތަމަ ދަތުރު ކުރީ 2018 ގަ އެވެ. އެއަށްފަހު އެމެރިކާ ސަރުކާރުގެ އަދި ކޮމާޝަލް މިޝަންތައް ވެސް ކޮށްފައި ވެ އެވެ.

ޖުޕިޓާގެ ހަނދު ޔޫރޮޕާއަށް ކުރާ މިޝަންގައި އޯބިޓަށް ދޫކޮށްލާ ޔޫރޮޕާ ކްލިޕާ އޯބިޓާ ހަނދު ވަށާ 40-50 ފަހަރު ބުރު ޖަހާނެ އެވެ. އޭގެ މަގްސަދަކީ ގަނޑުފިނި އެ ހަނދަކީ އެއްވެސް ދިރުމެއް ވާ ތަނެއްތޯ ބަލައި އަދި ދިރޭ ތަކެއްޗަށް އެކަށޭނަ މާހައުލެއް އޮތް ތަނެއްތޯ ބެލުމެވެ.

އެ މިޝަންގައި ބާރުގަދަ ކެމެރާތަކާއި، ސްޕެކްޓްރޯމީޓަރުތައް ބޭނުންކޮށްގެން ގިނަ ހައި ރިޒޮލިއުޝަން ފޮޓޯ ނަގައި، ޔޫރޮޕާގެ ބިމުގެ ފަށަލަ އަދި އެޓްމޮސްފިއާގެ މެޕުތައް ތައްޔާރު ކުރާނެ އެވެ. އޭގެ އިތުރުން ހަނދުގެ ބިމުގައިވާ އައިސްގެ ލޭޔަރު ލޭޒަރެއްގެ އެހީގައި ފޫއަޅުވާލައި، އަޑީގައި ދިޔާ ފެން ހުރިތޯ ވެސް ބަލާނެ އެވެ.