Advertisement

ކުކުޅުތައް ހިފައި ކަތިލުމުގައި ފުލުހުންނަށް ކުރާ ތުހުމަތު ދޮގުކޮށްފި

22 ޖުލައި 2021 - 11:45 5

ފުލުހަކު ޑިއުޓީގައި: ކުކުޅުތަކެއް ހިފައި ކަތިލި މައްސަލައެއްގެ ތަހުގީގު އެބަދާ ކަމަށް ފުލުހުން ބުނޭ.


ކުކުޅުތައް ހިފައި ކަތިލުމުގައި ފުލުހުންނަށް ކުރާ ތުހުމަތު ދޮގުކޮށްފި

22 ޖުލައި 2021 - 11:45 5

މާލޭގެ ކުޑަހެންވޭރު ސަރަހައްދުގައި ކުޑަކުދިންތަކެއް ކާންދީ އޮޅުކޮށްގެން ގެންގުޅުނު ކުކުޅުތަކެއް މިދިޔަ އަންގާރަދުވަހުގެ ރޭ ފުލުުހުން ގޮސް ހިފައި ކަތިލި ކަމަށް ކުރާ ތުހުމަތު އެ މުއައްސަސާއިން މިއަދު ދޮގުކޮށްފި އެވެ.

މި މައްސަލައިގައި ސޯޝަލްމީޑިއާގައި ވަނީ ފުލުހުންނަށް ފާޑުކިއުން އަމާޒުވެފަ އެވެ. ފުލުހުން އެ ސަރަހައްދަށް ގޮސް ކުކުޅުތައް ހިފަނިކޮށް ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ އާއްމުންގެ މީހެއް ކަމަށް ވެސް އޮތީ އަޑުފެތުރިފަ އެވެ.

މަންޒަރުދުށްކަމަށް ބުނާ މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުކުޅުތައް މަރާލީ ގަލުން ތަޅަ އެވެ. ޔުނިފޯމުގައި ތިބި ހަތަރު ފުލުހަކު އެކަމުގައި ބައިވެރިވި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

އާޓިފިޝަލްބީޗުގައި ކުކުޅުތައް މަރާލި ތަން ބުނެ ލޭތަކެއް ހުރި ފޮޓޯއެއް ވެސް ދަނީ ދައުރުކުރަމުންނެވެ.

މި ތުހުމަތުތައް ދޮގުކުރަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެކަމުގައި ފުލުހުން ބައިވެރިވެފައިވާ ކަމަކަށް ނުބެލެވޭ ކަަމަށެވެ. ކުޑަހެންވޭރު ސަރަހައްދުގައި ދޫކޮށްފައި ތިބި ކުކުޅުތަކެއް ހިފައި ކަތިލާފައިވާ މައްސަލައެއް ހުށަހެޅީ އިއްޔެ ހެނދުނު ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން," އޮފިޝަލް ވިދާޅުވި އެވެ.